ads
ގުރައިދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ގުރައިދޫ ބަނދަރުގެ މަޝްރޫއު ފަށައިފި
ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 13 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު އާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެގޮތުން ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 13 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ 28 އިންސައްތަ މަސައްކަތުގެ އިތުރުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓްގެ ނުވަ އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

އެ މަޝްރޫއުގެ ދަށުން 16،533 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 370 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގައި ސޮއިކުރެވުނު އެ މަޝްރޫއު އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހަވާލުކޮށްފައިވަނީ 46.01 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް