ads
އަކިޔޮ ސެ ގޯލީ މާރޭގެ ރިމިކްސް ގޯވިންދާއަކަށް ކަމަކު ނުދިޔަ--
އަކިޔޮ ސެ ގޯލީ މާރޭގެ ރިމިކްސް ގޯވިންދާއަށް ކަމަކުނުދިޔަ!
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ "ޕަތީ ޕަތުނީ އޯރް ވޯ"ގެ ރިމޭކުގައި މިވަނީ ގޯވިންދާ އާއި ރަވީނާ ތަންޑޮންގެ ހިޓް ލަވައެއް ކަމަށްވާ "އަކިޔޮ ސެ ގޯލީ މާރޭ" ގެ ރިމޭކެއް ވެސް ހިމަނާފަ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ހިޓުވި އެ ލަވައަކީ މިއަދު ވެސް ހަމަ އެހާ ހިޓް ލަވައެކެވެ.
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ "ޕަތީ ޕަތުނީ އޯރް ވޯ"ގެ ރިމޭކުގައި މިވަނީ ގޯވިންދާ އާއި ރަވީނާ ތަންޑޮންގެ ހިޓް ލަވައެއް ކަމަށްވާ "އަކިޔޮ ސެ ގޯލީ މާރޭ" ގެ ރިމޭކެއް ވެސް ހިމަނާފަ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ހިޓުވި އެ ލަވައަކީ މިއަދު ވެސް ހަމަ އެހާ ހިޓް ލަވައެކެވެ.

މީގެ ދެތިން ދުވަސް ކުރިން ނެރުނު މި ލަވަ، ކިޔާފައި ވަނީ ތުލްސީ އާއި މިކާ އަދި ތަނީޝް އެވެ. މި ލަވައިން ފެނިގެން ދަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރް އަދި އަނަންޔާ ޕާންޑޭ އެވެ.

ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައި ވާއިރު ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ލަވަ ބަލާފަ އެވެ. އެކަމަކު އުފެދޭ ސުވާލަކީ މީގެ އަސްލު ލަވައިގައި ފެނިގެންދާ ތަރިންނަށް މި ލަވަ ކަމުދިޔަތޯ އެވެ.

ގޯވިންދާއާ ގާތް ފަރާތަކާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި މި ލަވައިން ކާތިކް އާއި އަނަންޔާ އަދި ބޫމީއަށް ގޯވިންދާ އިމްޕެރެސް ކުރެވިފައެއް ނުވެ އެވެ. އެގޮތުން ލަވައިގެ ފޯރިއާ އަޅާބަލާއިރު އެމީހުންނަށް ލަވައިގެ ޅެން ނޭނގި "ވާނުވާ" ގައި ތިބި އިހުސާސެއް ލަވަ ބެލުމުން ކުރެވޭ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ގޯވިންދާއަށް ގަބޫލުކުރެވެނީ މިއުޒިކާ އެއްގޮތަށް ނެށުން ކަމަށާއި އެ ލަވައާ ގުޅިގެން އޭނާ އާންމުކޮށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ. އަދި ސަބަބެއް ކަމަށް ބުނީ އެ ލަވައަށް ލިބެން ޖެހޭ ސަމާލުކަމަށް ވުރެ އިތުރަށް ސަމާލުކަން ލިބެން ބޭނުން ނުވުން ކަމަށެވެ.

މީގެ 40 އަހަރު ކުރިން ނިކުތް "ޕަތީ ޕަތުނީ އޯރް ވޯ"ގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރު ވެސް މި ފިލްމުން ފެނިގެންދެ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" އަކީ ފިރިއަކު އޭނާގެ ސެކްރެޓަރީއާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރިމޭކްގައި ސަންޖީވްގެ ރޯލުން ފެންނާނީ ކާތިކް އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލުން ބޫމީ ފެނިގެން ދާއިރު ސަންޖީވާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ސެކްރެޓަރީގެ ރޯލުން ފެނިގެން ދާނީ އަނަންޔާ އެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް