ads
މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޓެކްސް އެޕީލް ޓްރައިބިއުނަލް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ނަން ކޮމެޓިއަށް ފޮނުވައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ނުވަ ބޭފުޅެއްގެ ނަން، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކުރުމަށް، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މަހުއެވެ. އެއީ ޓްރައިބިއުނަލްގައި މިހާރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ދައުރު ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމާއިއެކު އެމަގާމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެބޭފުޅުންގެ ތެރެއިން ފަސް މީހަކު ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ މަޖިލީހަށް މިއަދު ވަނީ އިއްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކުރުމަށް، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓިއަށް ހުށަހެޅުނު ނަންތަކަކީ 

  •  ޙަސަން ޒުހައިރު މުޙައްމަދު/ ގ.މާވާރުލު
  •  އަލްއުސްތާޛް ނަސްރުﷲ ޖަމީލް/ ނަލަމަލަ/ލ.މާވަށް
  •  އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
  •  އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
  •  އައިމިނަތު ފަރީޝާ/ ވައިލެޓް ފެހި/ ގދ.ހޯނޑެއްދޫ
  •  އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
  •  ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
  •  އަޙްމަދު ޞަލާހު/ އިރުވާކޮޅުގެ/ތ.އޮމަދޫ
  •  އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް