ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު-
ފަޒްނާއާ ގުޅުވައިގެން ދޮގު ހަބަރު ފެތުރުމުން މައާފަށް އެދެން އަންގައިފި
މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ އޮންލައިން ނޫހެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިިކަނބަލުން، ފަޒްނާ އަހުމަދާ ގުޅުވައިގެން ދޮގު މައުލޫމާތު ފެތުރި މައްސަލާގައި އެ ނޫހުން މައާފަށް އެދުމަށް ފަޒްނާގެ ވަކީލުން ރޭ އަންގައިފި އެވެ.

ފަޒްނާގެ ވަކީލުންގެ ފަރާތުން "ދަ ލިޓިޖެންޓްސް" ލޯ ފާމުން ރޭ ނެރުނު ބަޔާނުގައި ބުނީ މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ގާއިމުކުރަމުންދާ ޕާކާ ގުޅުވައިގެން ޝާއިއުކުރި އާޓިކަލްގައި ވަނީ އެ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށެވެ. 

އެކަމާ ގުޅިގެން އެ ނޫހަށް އަންގާފައި ވަނީ ލިޔުން އިސްލާހުކޮށް، މައާފަށް އެދުމަށެވެ. މީގެ ކުރިން އެ ފާމުން ވަނީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. 

އެގޮތުން ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ ކަމުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށް ކަމަށާއި އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީވެސް ކުށެއް ކަމަށް ބުނެފައި ވެއެވެ. 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީވެސް ކުށެއްކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެ ލޯފާމްގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް