ads
މެކްސްކޮމް-
މެކްސްކޮމްގެ އަހަރު ނިންމާ ބޮޑު ސޭލް، ވޮރަންޓީ އާއެކު އަގުތައް ވެސް ހެޔޮ!
ޓެކްނޮލޮޖީ ދާއިރާގައި ތަފާތު އުފެއްދުންތައް ރާއްޖެއަށް އެތެރެކުރާ މެކްސްކޮމް ޓެކްނޮލޮޖީސް އިން އަަހަރުގެ ނިންމުމަށް ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

މެކްސްކޮމް އިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮމޯޝަނެކެވެ. އެގޮތުން އެ މުއްދަތުގައި ފިހާރައިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. 

މެކްސްކޮމް އިން ބުނީ އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ވަކި އަދަދަކަށް ތަކެތި ގަންނަން ނުޖެހޭނެ ކަމަށެވެ. އަދި މެކްސްކޮމްގެ ކޮންމެ ފިހާރައަކުން ކަމުގައި ވިޔަސް ކޮންމެ އެއްޗެއް ގަނެގެން ވެސް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

އެ ޕްރޮމޯޝަނުގައި މެކްސްކޮމް އިން ވިޔަފާރި ކުރާ މީހުންގެ މެދުގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުލުން ބާއްވާނެ އެވެ. އަދި އެ ޕްރޮމޯޝަން ނިމުމާއެކު ގްރޭންޑް ޕްރައިޒް ލިބޭ ތިން ނަސީބުވެރިން ހޮވާނެ ކަމަށް ވެސް މެކްސްކޮމް އިން ބުނެ އެވެ. 

ގްރޭންޑް ޕްރައިޒްގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން ފަރާތުގެ ތެރެއިން އެއްވަނައަށް ޑެލް ލެޕްޓޮޕެއް، ދެވަނައަށް ސްމާޓް ފޯނެއް އަދި ތިންވަނައަށް ސްމާޓް ވޮޗްއެއް ދޭން ހަމަޖެހިފައިވެ އެވެ. 

މި ޕްރޮމޯޝަންގެ ތެރެއިން ޑެލް ޑެސްކްޓޮޕް ތިން އަހަރުގެ ވޮރެންޓީއާއެކު ލިބޭއިރު ޓެބްލެޓް، ލެޕްޓޮޕް އަދި ފޯނުވެސް ޑިސްކައުންޓާއި ވޮރެންޓީއާއެކު ލިބޭނެ އެވެ. 

ކޮންމެ އަހަރަކު ވެސް އަހަރު ނިންމުމުގެ ގޮތުން މެކްސްކޮމް އިން ބޮޑު ޕްރޮމޯޝަނެއް ބާއްވަމުން އަންނައިރު އެ ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގައި މެކްސްކޮމް އިން ވިއްކާ ލެޕްޓޮޕާއި ޓެބްލެޓް އަދި މޯބައިލް ފޯނު ފަދަ ސާމާނު ލިބޭނީ ހެޔޮ އަގެއްގަ އެވެ. އެ ތަކެތި ލިބޭނީ ވެސް ވޮރެންޓީއަކާއެކު އެވެ. 

ސޯސަން މަގު ނުވަތަ ފަރީދީ މަގުގައި ހުންނަ މެކްސްކޮމްގެ ޝޯރޫމަށް ޒިޔާރާތްކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް