ads
ޝްރިންގްލާ މިނިސްޓަރުންނާއެކު--
އިންޑިއާގެ އެހީގައި އިތުރު މަޝްރޫއުތައް ފަށަނީ
ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ ގިނަ މަޝްރޫއުތަކެއް ފެށޭނެ ކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ޝްރިންގްލާ ވިދާޅުވެއްޖެ އެވެ.

ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ މިވަގުތު ރާއްޖެއަށް ކުރައްވަމުނެ ގެންދަވާ ދަތުރުގެ ތެރެއިން ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުންތަކުގައި ޝްރިންގްލާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ 1.3 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ 4-5 މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ އެވެ. 

އަދި މިހާރު ކުރިއަށްދާ އަށް މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާ، މަސައްކަތް އަވަސް ކުރުމަށް ކުރައްވަމުން ގެންދަވާ ކަންކަމަށް މިނިސްޓަރުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ބައްދަލުވުންތަކުގައި ވަނީ އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ތަރައްގީގެ ބައިވެރިކަމާއި، ދެގައުމު ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް ދާގޮތް ބައްލަވާ ރިވިއު ކުރައްވާފައި ކަމަށް އިންޑިއާ ހައި ކޮމިޝަނުން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް