ads
އިދިކޮޅު ކޯލިޝަނުގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުން--
އިންޑިއާ ފޮރިން ސެކެޓްރީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައިފި
މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ޝްރިންގްލާ ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައިފި އެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައި ވެއެވެ. މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ވަނީ އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ގުޅުމުގެ ބިންގާ ވަރުގަދަކުރުމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކުރައްވާފައެވެ. 

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާ، ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ ރާއްޖެއާއި އިންޑިއާގެ މެދުގައިވާ ގާތް ގުޅުން ކުރިއެރުވުމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާލަތު ޕާޓީ ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. 

މީގެ އިތުރުން ސެކްރެޓަރީ ޝްރިންގްލާ ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމާއި ބައްދަލުކުރައްވާ، ރާއްޖޭގެ އިގްތިސާދީ ރިކަވަރީ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. 

ކޯލިޝަން ޕާޓީތަކުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ވެސް ޝްރިންގްލާ ބައްދަލުކުރައްވާފައި ވެއެވެ. 

އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ބައްދަލުވުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އިން ޑިމޮކްރެސީގެ އުސޫލުތަކަށްދޭ އަހައްމިއްޔަތާއި، ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުމުގެ ބަދަހިކަން ސާބިތުވެގެންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް