ads
އިސްތިއުފާ ދެއްވި އިނގިރޭސި އެފްއޭގެ ރައީސް
ޕްރެޝާ ބޮޑުވެ އިނގިރޭސި އެފްއޭގެ ރައީސް އިސްތިއުފާ ދެއްވައިފި
ކަޅު ނަސްލަށް ނިސްބަތްވާ ފުޓްބޯޅަ ކުޅުންތެރިންނަށް ވާހަކަ ދެއްކެވި މައްސަލައިގައި ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ކްލާކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ގްރެގް، ކަޅު ނަސްލުގެ ކުޅުންތެރިންނަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކެވީ ޑިޕާޓްމަންޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް ކޮމިޓީގައެވެ.

ގާނޫނު ހަދާ މަޖިލީހުންގެ މެމްބަރުންނާ ޑިޕާޓްމަންޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް ވާހަކަ ދައްކަވަމުން ގްރެގް ވަނީ "ކުލަ ފުޓްބޯޅަ ކުޅުންތެރިން ކަމަށް" ކަޅު ނަސްލުގެ ކުޅުންތެރިންނަށް ނިސްބަތްވާ ގޮތަށް ވިދާޅުވެފައެވެ. އެ މައްސަލައިގާ ގްރެގް ފަހުންވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ ބޮޑުވެ ޕްރެޝަރު ބޮޑުވުމުން ގްރެގް ވަނީ އެންމެ ފަހުން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާދިނުމަށް ފަހު ގްރެގްވަނީ އޭނާއަށް ދެކެވުނު ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. ގްރެގްގެ އިސްތިއުފާއާ ގުޅިގެން އިނގިރޭސި އެފްއޭގެ އިންޓަރިމް ޗެއާމަނެއްވަނީ ހަމަ ޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް