ޓައިގާ ހުރީ ކޮން ރިސޯޓެއްގައިކަމެއް ހާމައެއް ނުކުރެ އެވެ. ގަމީސް ނުލާއި، އެކަނިމައި އެކަނި ޓީއެމްއޭގެ ސީޕްލޭނެއް ކައިރީ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އޭނާ ބުނީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ "ޑްރެސް ކޯޑް" އަކީ އެއީ ކަމަށެވެ.
ޓައިގާއަކީ ޒުވާން އަންހެން ކުދިންގެ މެދުގައި ވަރަށް މަގްބޫލު ތަރި އެކެވެ. ދިވެހިންގެ ތެރޭގައި ވެސް އޭނާއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު ތިބެ އެވެ.
ޓައިގާ ރާއްޖެއަށް އައި އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއާއެކު ކަމަށް މައުލޫމާތު ލިބެ އެވެ. އެއީ ދެ ތަރިން މުމްބާއީ އެއާޕޯޓުން ޕަޕަރާޒީންނަށް އިއްޔެ ފެނިފައިވާ ކަމަށް ވެ އެވެ. އެކަމަކު މިހާތަނަށް ދިޝާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާއެއް ނުކުރެ އެެވެ.
މީގެ ކުރިން ޓައިގާ ވަނީ ދިޝާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.