ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވަދީވްގެ ވެރިކަން: ނަޝީދު
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕާލިމެންޓެއް ރަނގަޅަށް ހިންގާންފެށި ވެރިކަމަކީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވަދީވްގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމެއްގެ ނިޒާމު، ޖުމްހޫރީ ވެރިކަމެއްގެ ނިޒާމަށް ބަދަލުވެގެން އަންނަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ކަމަށެވެ. ނުވަތަ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުމުން ކަމަށެވެ. ނަމަވެސް އެފަދަ ވެރިކަމެއް ތާރީޚުގެ ތެރެއިން 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ފެށުނުކަމަށް ދަންނަވަން އެމަނިކުފާނަށް ދަތި ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނަގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށެވެ. އަދި އެއީވެސް ރާއްޖޭގައި އުފެދުނު ޖުމްހޫރީ ވެރިކަމެއް ކަމަށާއި، އެއީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށް ނަޝީދު ވިދަޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އެ ވެރިކަމުގެ ވާހަކަ ދައްކަވަން އެމަނިކުފާނަށް އުނދަގޫ ނުވަނީ، އެއީ ދިވެހީން ދިވެހީންނަށް ހިންގި ވެރިކަމެއް ކަމަށް ވާތީ ކަމަށާއި އެއީ އޭރު ދިވެހީންގެ ހާލަތު ރަނގަޅު ކުރެއްވުމަށް ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ހިންގި ވެރިކަމަށް ވާތީކަމަށެވެ. އަދި އޭގައި އެހެން ސަބަބުތަކެއްވެސް އޮވެގެން ހިނގާދިޔަ ހާދިސާތަކެއް ކަމަށް ވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ 1959 ވަނަ އަހަރުން 1963 ވަނަ އަހަރުގެ ނިޔަލަށް އުފެދިގައި އޮތް ސުވަދިވްގެ ވެރިކަމުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކެއް އުފެދުނު ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ޕާލިމެންޓެއް އުފެދުނު ކަމަށާއި، އަދި ފުރަތަމަ ފަހަރަށް އިނގިރޭސި މީޑިއަމްއިން ތައުލީމު ދޭން ފެށުނު ކަމަށެވެ. އަދި މިނޫންވެސް ތަރައްގީގެ އެތައް އޮނިގަނޑެއް އެކުލަވާލެވި، ރާއްޖޭގެ ޖަޒީރާ ގައުމުތަށް ކުރިއަށްގެންދާނެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެދިގެން ދިޔަ ކަމަށެވެ. އަދި އެވިސްނުމަކީ ހަމައެކަނި ދެކުނު އަތޮޅުތަކުގެ މެދުގައި އުފެދުނު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމި އިސްލާހުވަމުން، ރަނގަޅުވަމުން އައިސްފައި އޮތީ، ސުވަދިވްގެ ވެރިކަމުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ސުވަދީވަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު އިނގިރޭސިންނާ ބައިވެރިވެގެން އުފެއްދި ސަރުކާރަކަށް ކިޔާ ނަމެކެވެ. 

64%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް