ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
އދގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު ގެންނަން ސައުދީން ތާއީދު
އދގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ކުރުމަށް ސައޫދީ އަރަބިއްޔާއިން ތާއީދުކުރަން ނިންމައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކަން ހާމަކޮށްފައިވަނީ ސައޫދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ޖުބެއިރް ސޮއިކުރައްވާ މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު ޝާހިދަށް ފޮނުއްވި ސިޓީއެއްގަ އެވެ. 

ރާއްޖެއިން އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ކުރިމަތިލަނީ އަންނަ އަހަރު ސެޕްޓެމްބަރު މަހު ފެށޭ ދައުރަށެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި އިންޑިއާ އިން ވެސް ވަނީ މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރުމަށް ތާއިދުކުރާނެކަން ހާމަކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާގެ ތާއީދާއެކު އޯއައިސީގެ ގިނަ ގައުމުތަކުން މިނިސްޓަރު ޝާހިދަށް ތާއީދުކުރާނެ އެވެ. އަދި ކޮމަންވެލްތުގެ ގައުމުތަކާއި، ނަންއެލައިންޑް މޫވްމަންޓްގެ ގައުމުތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ވެސް މިނިސްޓަރު ޝާހިދަށް ތާއީދުކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް