ދިރާސީ އާ އަހަރު: އާ އުއްމީދުތަކަކާ އެކު އާ ފެށުމެއް
12 ޖެނުއަރީ 2020 - 09:40:19
...
ދިރާސީ އަހަރުގެ ކިޔެވުން އާ އުއްމީދުތަކަކާ އެކު މިއަދު އަނެއްކާ ވެސް މިވަނީ ފަށާފަ އެވެ. ދަރިވަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިއަހަރުވެސް ކުރާނެ އެންމެ ބޮޑު އުއްމީދަކަށް ވާނީ ސުކޫލްތަކުން ނެރޭ ނަތީޖާ ރަނގަޅު ކުރުންކަން ޔަގީނެވެ. އެހެންކަމުން މިއަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ވަނީ ދުރާލާ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި އެކަންކަމުގެ މައުލޫމާތުވެސް މިދިޔަ ދުވަސްތަކުގައި މީޑިއާ މެދުވެރިކޮށް އެޑިޔުކޭޝަން މިނިސްޓްރީން ދިޔައީ ހާމަކުރަމުންނެވެ. އެހެންކަމުން އުއްމީދު ކުރީ މިދިޔަ އަހަރުތަކުގައި ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ދިމާވި މައްސަލަތައް މިއަހަރު މުޅިން ހައްލުވާނެ ކަމަށެވެ. ނަމަވެސް މިއަހަރުވެސް ބަައެއް މައްސަލަތައް ބައެއް ބެލެނިވެރިން އެބަ ފާހަގަކުރެ އެވެ. އެކަމަކު މީގެކުރީގެ އަހަރުތަކަށް ވުރެ މައްސަލަތައް މަދެވެ.
މާލޭގެ ބައެއް ސުކޫލްތަކުގެ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސުކޫލްތަކުގެ ޔުނީފޯމް މުޅިން ފުރިހަމަ ނުވުމެވެ. އަތޮޅު ތެރޭގެ ބައެއް ސުކޫލްތަކުގެ ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ބައެއް ޓީޗަރުން ހަމަކޮށްދެވިފައި ނެތުމެވެ.
ސީއެންއެމްއާ ވާހަކަދެއްކި ރެހެންދި ސުކޫލްގެ ބެލެނިވެރިޔަކު ބުނީ ސުކޫލްގެ ރަސްމީ ޔުނީފޯމަށް ބައެއް ބަދަލުތައް މިއަހަރު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ރަސްމީ ޔުނީފޯމަށް ގެނައި ބަދަލުތަކާ އެއްގޮތަށް ޔުނީފޯމް ފުރިހަމަކުރެވިފައި ނުވާ ކަމަށްވެސް ބުންޏެވެ. އެގޮތަށް މެދުވެރިވީ ޔުނީފޯމާ ގުޅޭ މަސައްކަތްތައް ހަވާލުކުރި ފަރާތަށް ދިރާސީ އަހަރު ފެށުނުއިރުވެސް މަސައްކަތްތައް ނިންމާލެވިފައި ނުވާތީ ކަމަށްވެސް ބުންޏެވެ.
"ރަސްމީ ޔުނީފޯމް ފުރިހަމަ ކުރެވިފައި ނުވާތީ ސުކޫލުން އެބަ ބުނޭ ރަސްމީ ޔުނީފޯމްގެ ކަންކަން ފުރިހަމަވަންދެން އެކްޓިވިޓީ ޔުނީފޯމްގައި ދަރިވަރުން ސުކޫލަށް ގެނައި ނަމަވެސް މައްސަލައެއް ނެތް ކަމަށް. އެކަމަކު މިއީ ކަންވެގެންވާނެ ގޮތެއް ނޫނެއް ނޫންތޯ،" ގްރޭޑް 10 ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔާ ބުނެފައިވެ އެވެ.
މާލޭގައި މިއަހަރު މުޅިން އަލަށް އިއްޒުންދީން ސުކޫލްގެ ނަމުގައި ކިޔަވައިދޭން ފެށި ސުކޫލްގެ ބެލެނިވެރިޔަކު ވެސް ބުނީ ޔުނީފޯމާ ގުޅޭ ކަންކަން ފުރިހަމަވެފައި ނުވާ ކަމަށެވެ. އެހެން ދިމާވީ އިއްޒުއްދީން ސުކޫލަކީ މިއަހަރު މުޅިން އަލަށް ކިޔަވައިދޭން ފެށި ސުކޫލެއް ކަމަށްވާތީ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
"ސުކޫލްގެ ޔުނީފޯމާ ގުޅޭ ކަންކަން ފުރިހަމަ ނުވުން އެއީ މައިގަނޑު ކަންބޮޑުވުމެއް. އަދި އިއްޒުއްދީން ސުކޫލްގައި ދަރިވަރުންނަށް ބައެއް ވަސީލަތްތައް ވެސް މަދު ކަމަށް އެނގިފައިވޭ. މިކަންކަން ބޮޑަށް ސާފުވާނީ ހަފްތާއެއްގެ ކިޔެވުން ނިމުނީމާ. އަޅުގަނޑު ވެސް ގަބޫލުކުރަން އާ ސުކޫލެއް ވީމާ ހުރިހާ ކަމެއް ފުރިހަމަ ނުވެދާނެ ކަން. އެކަމަކު ވެސް ޔުނީފޯމްގެ ކަންކަން ފުރިހަމަ ވާންޖެހޭނެ،" ގުރޭޑް ތިނެއްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔާ ބުންޏެވެ.
އުތުރުގެ ސުކޫލެއްގެ ޕްރިންސިޕަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ދިރާސީ އަހަރު ފެށުނުއިރު އެ ސުކޫލުގައި ޓީޗަރުން ހަމަނުވާ ކަމަށެވެ. ޓީޗަރުން ބޭނުންވާ މާއްދާތައް ވަރަށް ކުރިން އެޑިޔުކޭޝަން މިނިސްޓްރީއާ ހިއްސާކުރި ނަމަވެސް ޓީޗަރުން ލިބޭނެ ވަކި ތާރީހެއް އެޑިޔުކޭޝަނުން ބުނެފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެޑިޔުކޭޝަން މިނިސްޓްރީން މިބުނަނީ ޓީޗަރުން ލިބޭނެ ކަމަށް. އެކަމަށް ކުޑަ ވަގުތު ކޮޅެއް ނަގާނެ ކަމަށް. އެކަމަކު އަޅުގަނޑުމެން މިބުނަނީ ވަކި ތާރީހެއް ކަނޑައަޅައިގެން އެކަން ކުރަން. މުދައްރިސުން ހަމައަށް ނެތް ނަމަ ދަރިވަރުންނަށް އެކަމުން ކިހާ ދަތިވާނެތޯ؟" ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ސުކޫލްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރާ ޔުނީފޯމާއި، ޓީޗަރުން މަދުވާ މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މައްސަލަ ބައެއް ސުކޫލްތަކުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގިނަ ވެގެން ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި މައްސަލަ ހައްލުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް މިނިސްޓްރީން ވަނީ ދީފަ އެވެ.
"ޔުނީފޯމްގެ މައްސަލައާއި ޓީޗަރުން މަދުވާ މައްސަލަތައް ހުށަހަޅާފައި ހުރި ނިސްބަތުން މަދު ސުކޫލް ތަކަކުން. ގިނަ ސްކޫލުތަކަށް ގާބިލް ޓީޗަރުން ވަނީ ހޯދައިދީފައި. ފޮތްތައް ވާނީ މިދިޔަ ބޮޑު ޗުއްޓީއަށް ދަރިވަރުން ދިޔައިރު އެކުދިންނާ ހަވާލުކުރެވިފައި. އަނެއްކާ މިއަހަރު މިވަނީ ތައުލީމީ މަންހަޖު ވެސް މުރާޖައާ ކުރެވިފައި. އެހެންކަމުން މިއީ މިއަހަރުގެ ކާމިޔާބީތަކެއްގެ ގޮތުގައިވެސް އަޅުގަނޑުމެން ދެކެން،" އޮފިޝަލް ވިދާޅުވި އެވެ.
މިއަހަރުގެ ދިރާސީ އަހަރާ އެކު ދަރިވަރުންނަށް ކިޔެވުމަށް ބޮޑަށް ހިތްވަރުދީ ބާރު އެޅުމުގެ ގޮތުން ސަރުކާރުން މިއަހަރު ވަނީ ތަފާތު ކަމެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދިރާސީ އަހަރަށް މަރުހަބާ ކިޔުމަށާއި، ދަރިވަރުންނަށް ހިތްވަރުު ދިނުމަށް 19 އަތޮޅަކަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ވަޑައިގެންފަ އެވެ. ކޮންމެ އަތޮޅެއްގައި ވެސް ކޮންމެ ވެސް އެއް ސުކޫލެއްގެ އެސެމްބްލީގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ދަރިވަރުންގެ މުސްތަގުބަލަށްޓަކައި މަދްރަސީ ދައުރުގެ މުހިއްމު ކަން ފާހަގަކުރައްވާ ހުރިހާ ދަރިވަރުންވެސް ކިޔެވުމަށް ހާއްސަ އިސްކަމެއް ދިނުމަށް ހުރިހާ ބޭފުޅުން ވެސް ވަނީ ދަރިވަރުންނަށް އިލްތިމާސްކުރައްވާފަ އެވެ.
- އިސްކަންދަރު ސްކޫލުގެ މިއަދުގެ އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވާހަކަ ދައްކަވަނީ--
މާލޭގެ ސުކޫލުތަކަށް ބަލާއިރު އަބަދުވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ އެއް ސުކޫލަކީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލެވެ. އެ ސުކޫލް މިއަހަރު ފާހަގަވަނީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12 އަށް މާލޭގައި ކިޔަވައިދޭ ހަމައެކަނި ސުކޫލްގެ ގޮތުގަ އެވެ. މަޖީދިއްޔާ ސުކޫލު މިއަހަރު ވެގެންދާނީ ދެ ޖިންސު އެކުގައި ކިޔަވައިދޭން ފެށި ފަހުން މަޖީދިއްޔާއިން ތައުލީމީ ބިންގާ އެޅި ދަރިވަރުން އޯ ލެވެލް ނިންމާނެ ފުރަތަމަ އަހަރަށެވެ. މާލޭގައި އިއްޒުންދީން ސުކޫލްގެ ނަމުގައި މުޅިން އަލަށް ސުކޫލެއްގައި ކިޔަވައިދޭން ފެށުމާއި، އައްޑޫ ސިޓީގައި މީގެކުރިން ކިޔަވައިދެމުން ދިޔަ ދެ ސުކޫލެއްގައި މިއަހަރު ބަންދުކުރުމަކީ ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ. މިސަރުކާރުން ތައާރަފްކުރި ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް އިތުރު އައިޓަމްތައް އިތުރުކޮށް، ނާސްތާ ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަކީ ވެސް މިއަހަރު ގެނައި ބަދަލެކެވެ.
ދިރާސީ އަހަރާ އެކު މިއަހަރު އެންމެ ބޮޑަށް ފާހަގަކުރެވެނީ މިއަހަރުން ފެށިގެން ސުކޫލްގެ ބޮޑު ޗުއްޓީ އަށް ގެނައި ބޮޑު ބަދަލެވެ. މިބަދަލަކީ އެއް ބަޔަކަށް ރަނގަޅު ބަދަލަކަށްވީ ނަމަވެސް މިކަމާ ހިޔާލުތަފާތުވާ މީހުންވެސް މަދެއް ނޫނެވެ. މީގެކުރިން އަހަރު ނިމުމާއެކު ލިބޭ ދިގު ޗުއްޓީ މިއަހަރުން ފެށިގެން ވަނީ ދެބައިކޮށްލާ، އަހަރުގެ ފަހު ޗުއްޓީގެ ދުވަސްތައް މަދުކޮށް، އަހަރުގެ މެދުތެރެއިން އަންނަ ޗުއްޓީއަށް އިތުރު ދުވަސްތަކެއް އިތުރުކޮށްފަ އެވެ. އެގޮތުން މި ގެނައި ބަދަލާ އެކު ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލުމަށްފަހު މިއަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 ފެށިގެން 11 ޖޫން 2020 އަދި ދެވަނަ ބައި 6 ޑިސެންބަރު 2020 ފެށިގެން 7 ޖަނަވަރީ 2021 އަށް ވަނީ ހަމަޖައްސާފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ ސަރުކާރުގެ ޖުމްލަ 212 ސުކޫލެއްގައި 73067 ދަރިވަރުންނާ އެކު އެވެ. ނަމަވެސް ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް ސުކޫލުތަކާ އެކު މިއަދަދު 83000 ކުދިންނާ ކައިރި ކުރާނެ ކަމަށް ބެލެވެ އެވެ. މީގެއިތުރުން މިއަހަރު އެއްދަންފަޅިއަށް 150 ސްކޫލެއްގައި ކިޔަވައިދޭއިރު މިއަހަރު ސަރުކާރުގެ 170 ޕްރީސުކޫލެއްގައި ވެސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރު 193 ސްކޫލެއްގައި އޯ ލެވެލް 50 ސްކޫލުގައި އޭ ލެވެލް ހަދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ. މިއަހަރު ދަރިވަރުންނަށް 201 ދުވަހު ކިޔަވައި ދިނުމަށް ހަމަޖައްސާފައިވާއިރު ފުރަތަމަ ޓާމުގައި 90 ދުވަހު އަދި ދެވަނަ ޓާމުގައި 111 ދުވަހު ކިޔަވައިދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ބައެއް ބަދަލުތަކާއި އާ އުއްމީދުތަކަކާ އެކު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާތީ މިއަހަރަކީ އެޑިޔުކޭޝަން މިނިސްޓްރީއާއި ސުކޫލްތަކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެ އަހަރެއް ކަމަށް އުއްމީދުކުރަމެވެ. ދިރާސީ އާ އަހަރުގެ މަރުހަބާ ހުރިހާ ދަރިވަރުންނާއި ސުކޫލްތަކުގެ ވެރިންނާއި ޓީޗަރުންނާއި މުވައްޒަފުންނަށް ފޮނުވަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް