ads
އިކްރާމް ހަސަން--
އެމްޕީ އިކްރާމް ޑރ.މުއިއްޒުއަށް: އަޅަން އުޅުންނަމަ ބިން ހިއްކާނީ އެއާޕޯޓް އެޅޭގޮތައް
މުލީގައި އެއާޕޯޓު އަޅަން ރައީސް ޔާމީންގެ ސަރުކާރުން އަޅަން އުޅުންނަމަ ބިން ހިއްކާނީ އެއާޕޯޓް އެޅޭގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފި އެވެ.

ރައްޔިތުންނަށް ވައިގެ ދަތުރުފަތުރު ކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ކުރިއަށް އޮތްތަނުގައި މުލި އަދި ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ ވިސްނުންތަކެއް އެބަހުރިކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމުން، ޑރ. މުއިއްޒުވަނީ، އެދެރަށުގައި އެއާޕޯޓު އެޅަން ނިންމައި އެކަން އިއުލާންކޮށްފައިވާނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ވިދަޅުވެފަ އެވެ.

އެގޮތުން މުއްޒުވަނީ، މުލި އަދި ބިލެތްފަހި އެއާޕޯޓަކީ ރައީސް ޔާމީން ނިންމަވައި އެމަނިކުފާނު އިއުލާންކުރައްވާފައިވާ އެއާޕޯޓުތަކެއް ކަމަށާއި، މުލި އެއާޕޯޓް އެޅުމަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ނިންމެވި ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭނެއް ރައީސް ޔާމީންގެ ސަރުކާރުން ހައްދަވާފައިވާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.  

މިވާހަކަތަކަށް ރައްދުދެއްވައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއާޕޯޓެއް އަޅަން ރައީސް ޔާމިންގެ ސަރުކާރުން އުޅުއްވިނަމަ، ބޮޑު ހަރަދުކޮށްގެން މުލީ ބިން ހިއްކާނީ އެއާޕޯޓެއް އެޅޭގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިއްކި ފަސްގަނޑު ބޭނުމެއް ނުކުރެވޭ ކަމަށާއި، އެއާޕޯޓް އަޅަން ޖެހެނީ އަލުން ބިން ހިއްކަން ކަމަށް ވިދާޅުވެ އިކްރާމް ވަނީ، އޮޅުވާލަން މަސައްކަތް ނުކުރުމަށް މުއިއްޒުއަށް ގޮވާލައްވާފައެވެ.

މުލީގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން އެބަހުރި ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް