ads
ފިނޭންސް މިނިސްޓްރީ---
ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ޓެކުހުން
ދައުލަތަށް އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ތަފާތު ޓެކްސްތައް މެދުވެރިކޮށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ މިހާތަނަށް ޓެކްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މަދުކަމުގައި ވިޔަސް، މި އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދައުލަތަށް ޓެކްސް މެދުވެރިކޮށް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 9.210 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެންމެ ގިނައިން ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 3.624 ބިލިއަން ރުފިޔާ އެވެ. ބީޕީޓީގެ ގޮތުގައި 3.418 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.529 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި 312 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.

ދައުލަތަށް ނަން-ޓެކްސް ގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 2.184 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައިން ނަން-ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ދައްކަން ޖެހޭ ފީ މެދުވެރިކޮށެވެ. އެއީ 760 މިލިއަން ރުފިޔާ އެވެ. އަދި ރިސޯޓް ކުލިންނާއި ބިން ވިއްކައިގެން 474.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޖޫރިމަނާގެ ގޮތުގައި 114.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް އެކި އެހީތަކުގެ ގޮތުގައި ދައުލަތަށް 635.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ ދައުލަތުން މި އަހަރު އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށް ވުރެ ދަށް އަދަދެކެވެ. ދައުލަތުން އަންދާޒާކޮށްފައިވަނީ މި އަހަރު އެހީގެ ގޮތުގައި 5.215 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް