ads
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން
ބްރޯޑްކޮމްގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމް އައްޔަންކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމް އައްޔަންކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފައިވަނީ، އެކޮމިޝަންގެ ހުސްވެފައިވާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމް ހަމަޖައްސާފައިވާ ކަމަށާއި، މުހައްމަދު އިބްރާހިމް އެމަގާމަށް ހަމަޖެއްސީ މަގާމަށް ކުރިމަތިލެއްވި ފަރާތަކާއިއެކު ކުރެވުނު އިންޓަވިއުތަކުން އެންމެ މަތިން މާކްސް ހޯއްދަވައިގެން ކަމަށެވެ. 

އަދި މަގާމާއި ހަވާލުވެވަޑައިގެން ކޮމިޝަންގެ މެމްބަރުންނާއިއެކު ތައާރަފްވުމުގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ސެކެޓްރީ ޖެނެރަލްގެ ޒިންމާތަކާއި ބެހޭގޮތުން ކޮމިޝަންގެ މެމްބަރުން ވާހަކަ ދެއްކި ކަމަށެވެ. 

ޑރ. މުހައްމަދު އިސްމާއިލް މީގެކުރިން ހުންނެވީ ޑްރަގް ކޯޓުގެ އެސިސްޓަންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. ބްރޯޑްކޮމްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމު ހުސްވެފައިއޮތީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ނާސިހު، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ހޮވިވަޑައިގަތުމުން، ބްރޯޑްކޮމްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުން ވަކިވެވަޑައިގަތުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް