އިއްޔެ ރޭ ބޮލީވުޑުގެ ތަރިން ވަނީ ބޮޑު ޕާޓީއެއްގައި ބައިވެރިވެފަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ފޮޓޯތަކާއި ވީޑިއޯތައް ދައުރުވަމުން އަންނައިރު އެކްތާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ވަނީ އެ ޕާޓީން ފެނިގެންގޮސްފަ އެވެ.

Advertisement

އެ ވީޑީއޯތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ވޯގެ ހިޓު ލަވައެއް ކަމަށްވާ، ގުންގުރޫއަށް ވާނީ ކަޕޫރާއި ޕްރިޔަންކާ ނަށާ ވީޑިއޯއަށެވެ. ވާނީ ސޯޝަލް މީޑިއާއަށް ދޫކޮށްލި އެ ވީޑިއޯގައި ފެންނަނީ ޕްރިޔަންކާ އާއި ވާނީ ވަރަށް ފޯރީގައި މަޖާ ކުރަމުން އެ ލަވައަށް ނަށަމުންދިޔަ މަންޒަރެވެ.
މުމްބާއީގައި މި ވަގުތު ޕްރިޔަންކާ ހުރިއިރު އޭނާ އަންނަނީ އެތަނުގައި އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި ވާނީ މި ވަގުތު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު، ޝަމްޝޭރާގެ މަސައްކަތުގައި އަވަދިނެތި އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ރަންބީރު ކަޕޫރާއެކު އެވެ.