ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެއާޕޯޓުން 22 މީހުން ޕޮޒިޓިވް ވެއްޖެ
މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ 22 މުއައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓުގެ މުއައްޒަފުންތަކެއް ޕޮޒިޓިވްވެގެން، ކްލަސްޓާއެއް މިވަގުތު މޮނީޓަކުރަމުން ގެންދާކަމަށާއި، އެގޮތުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 22 ކޭސް ފެނިފައިވާކަމަށެވެ. 

ޑރ.ނަޒްލާ ވިދާޅުވީ އެ ކްލަސްޓާއިން އެންމެ ފުރަތަމަ މިމަހުގެ 5 ވަނަ ދުވަހު މީހަކު ޕޮޒިޓިވި ކަމަށާއި، އޭގެފަހުން 12 ވަނަ ދުވަހު 5 މީހުން އަދި 13 ވަނަ ދުވަހު 6 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި 14 ވަނަ ދުވަހު 7 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި 15 ވަނަ ދުވަހު އަނެއްކާވެސް އިތުރު 3 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން މި ކްލަސްޓާ މޮނީޓަ ކުރަމުން ގެންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. 

ޑރ.ނަޒްލާ ވިދާޅުވީ، ކާގޯ ޑިމާޓްމަންޓުގައި މަސައްކަތްކުރާ ގިނަ މުއައްޒަފުންނަކީ އެކުގައި މަސައްކަތްކުރާ ސްޓާފުން ކަމަށާއި، އަދި މިހާތަނަށް ކުރެވުނު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކުން 27 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި މިއަދު އެކަނިވެސް 136 ސާމްޕަލް ޓެސްޓު ކުރުމަށް ނަގާފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް