ads
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބިގް ކުންފުންޏަށް ތުހުމަތުކުރާ މަނީލޯންޑްރިންގެ މައްސަލައެއް ބަލަނީ
ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) ކުންފުންޏާ ގުޅޭ މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

އެ މައްސަލައިގެ ރިޕޯޓް އޭސީސީން މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލައާއި ގުޅޭ ރިޕޯޓް މަޖިލީހުގައި އިއްވާފަ އެވެ. 

އެގޮތުން އެ ރިޕޯޓާއި ހަވާލާދީ ރައީސް ނަޝީދު ވިދާޅުވީ، މިއަހަރުގެ މާޗު މަހުގައި ބިގް ކުންފުނިން 2.1 މިލިއަން ރުފިޔާ  ޖަމާ ކުރުމަށް ބީއެމްއެލްއަށް ދިޔުމުން އެފައިސާގެ އަސްލު އަދި އެއީ ކޮންގޮތަކުން ލިބުނު ފައިސާއެއްކަން ހާމަކުރުމަށްޓަކައި ބޭންކަށް ހިއްސާކުރި ލިޔެކިޔުންތަކުން ބީއެމްއެލްއަށް އެކަށީގެންވާ މިންވަރަށް އެ ފައިސާގެ އަސްލު އެ ލިޔެކިޔުންތަކުން ސާފުނުވާތީ އެ ފައިސާ ޖަމާކޮށްދީފައިނުވާ ކަމަށެވެ. 

އެހެން ނަމަވެސް ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަން ލިޔެކިޔުންތަކުން އެގެން އޮންނަކަމަށް ވެސް ރިޕޯޓާއި ހަވާލާދީ ވިދާޅުވެފައިވެ އެވެ. އަދި ސިޔާސީ ފަރާތްތަކަކާއި ގުޅުންހުރި ކުންފުންޏެއްގެ އެކައުންޓަކަށް މިހާގިނަ އަދަދުގެ ފައިސާ ޖަމާކޮށްފައިވާތީއާއި، އެފައިސާ ދީފައިވާކަމަށް ބިގު ކުންފުނިން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭންގޭ ކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެ އެވެ. އެހެންކަމުން އެ މުއާމަލާތާއި ގުޅިގެން މަނީލޯންޑްރިންގެ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެ ރިޕޯޓް ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް އޭސީސީން ނިންމާފައިވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓް އޭސީސީން މަޖިލީހަށް ފޮނުވާފައި އޮތުމުން އެކަން އިތުރަށް ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް