ads
ފޮޓޯ: ރައީސް އޮފީސް
ޝަރުއީ ދާއިރާއަށް އިތުބާރު ބޮޑުކޮށްދިން ކާމިޔާބު ދެ އަހަރު!
އަދުލު އިންސާފު ލިބުމަކީ މި ރާއްޖޭގެ ރައްޔިތުން އަބަދުމެ އެދެމުން އައި ކަމެކެވެ. ޝަރީއަތް ކުރާ މޭޒުމަތީގައި އިން ބަރު މައްސަލަތަކުގައި ހެކިބަސްދޭ ކަމަށް ދެކުނު ޒަމާނަށް ދިވެހިން އަލްވަދާއުކީ އެޔަށްވުރެއް މޮޅު ގޮތެއް ހޯދުމަށެވެ. އެހެންނަމަވެސް އިންސާފު ނުލިބި ދިވެހި ރައްޔިތުން ގިނަ ދުވަސްތަކެއް ހޭދަކޮށްފި އެވެ. ކޮންމެ ފަހަރަކުވެސް ވެރިކަމެއް ބަދަލުކުރުމަށް ރައްޔިތުން ވޯޓު ދެނީ އެ ރައްޔިތުންނަށް އަދުލު އިންސާފު ލިބޭނޭކަމުގެ އުންމިދުތަކާއި އެކު އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމިންގެ ވެރިކަމުގައި އަދުލުއިންސާފު ނެތްކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނެ އެކަން ނިމުމަކަށް ގެނައުމަށް އަދުގެ ސަރުކާރަށް ވޯޓު ދީ ހޮވި އެވެ. އެ ސަރުކާރަށް ދެ އަހަރުވާ މިދުވަހު އަދު އިންސާފު ގާއިމު ކުރުމަށް ވެފައިވާ ވައުދުގެ ދަށުން ކަންކަން ގޮސްފައިވާ ހިސާބެއް ބަލާލުން މުހިންމެވެ.

"އިންސާފު ގާއިމު" ކުރުމާއި "އިންސާފު ލިބިދިނުމަކީ" މި ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ފަނޑިޔާރުގޭގައި ތިއްބެވި ފަނޑިޔާރުން ސިޔާސީ ކަންކަމުގައި އުޅުއްވުމާއި ރައްޔިތުންގެ މެދުގައި އެފަރާތްތަކާ މެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް އަމިއްލަޔަސް ކިތަންމެ އަމަލުތަކެއް ކުރި ފަރާތްތައް ފަނޑިޔާރުގެއިން ބޭރުކޮށް އެތަން ސާފުކުރުމަކީ ރައްޔިތުން ބޭނުންވި ގޮތެވެ.

ދެ އަހަރު ތެރޭ ސުޕްރީމް ކޯޓު ބަދަލު!

މި ސަރުކާރަށް ދެ އަހަރު ވެފައިވާއިރު, ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން ކޮށްފައިވާ ކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރެއްވުމެވެ. ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގައި ކުރިން ތިބި ފަސް ފަނޑިޔާރުންގެ ސުލޫކި މައްސަލަތައް ބަލާ މަގާމުން ދުރުކޮށް އާ ފަސް ފަނޑިޔާރުން އައްޔަނުކުރި އެވެ.

އެގޮތުން އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޑރ. އަޒްމިރާލްދާ ޒާހިރާއީ، އައިޝާ ސުޖޫން އެވެ. މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ 4 ސެޕްޓެމްބަރު 2019 ގައެވެ. މިއީ ސުޕްރީމް ކޯޓުގެ ތާރީހުގައި ވެސް އެތަނުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެފަހުން 4 ނޮވެމްބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ފަހުން އައްޔަންކުރެއްވީ ހުސްނުއްސުއޫދާއި މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު މުއުތަސިމް އަދުނާން އެވެ. މި ދެ ބޭފުޅުން މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން އެތަނުން ބޭރުކުރިއިރު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވާ ގޮތަށް ދެވަނަ ފަހަރަށް ހަމަޖެއްސެވީ ވެސް 2019 ވަނަ އަހަރު އެވެ. މިއިސްލާހު މަޖިލީހުން ފާސްކުރީ 17 ޖުލައި 2019 ގައެވެ. އެ ނިންމެވުމާއި އެއްގޮތަށް ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަނުކޮށްފައިވަނީ ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގަ އެވެ.

your imageފޮޓޯ: ރައީސް އޮފީސް

އެގޮތުން ސުޕްރީމް ކޯޓަށް އައްޔަނު ކުރެވުނު ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛު އަލީ ރަޝީދު ހުސައިނަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް މަ ނީލޯންޑްރިންގެ ދައުވާ އުފުލުނު އިރު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ފަހުން ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ އިސްފަނޑިޔާރެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދަށް މަގާމު ދެވުނީ އެކަމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ތައުލީމީ ފެންވަރާއި ތަޖްރިބާއަށް ބެލި ނަމަވެސް އެއީ އެމަގާމަށް ގާބިލު ބޭފުޅެއްކަން ހާމަވާނެ އެވެ.

your imageފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ސުޕްރީމް ކޯޓަށް އައްޔަނު ކުރެވުނު ހަތްވަނަ ފަނޑިޔާރަކީ ޑރ. މުހައްމަދު އިބްރާހިމް އެވެ. ޑރ. މުޙައްމަދު އިބްރާހީމް އަކީ މެލޭޝިޔާގެ ޗާޓަޑް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްގެ ސީނިއަ އެސޯސިއޭޓް މެންބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދެވަނަ އަހަރުގައި ސުޕްރީމް ކޯޓަށް މިއައްޔަނު ކުރެވުނު އިތުރު ދެ ފަނޑިޔާރުންނަކީ ހަމަގައިމުވެސް އެ މަގާމަށް ކުފޫހަމަވާ, އަދި މަގާމަށް ގާބިލު ފަރާތްތައް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

އެހެން ނަމަވެސް އުފެދޭ ސުވާލަކީ ފަނޑިޔާރުން ބަދަލުވުމުން އިންސާފު ގާއިމު ވީތޯ އުފެދޭ ސުވާލެވެ. މިކަމަށް ދެވެން އޮތް އާންމު ޖަވާބަކީ ކަންކުރާ މީހުން ބަދަލުވި ނަމަވެސް ކަންކުރާ އުސޫލު ބަދަލުނުކުރާ ނަމަ އެއްވެސް ކަމެއް ބަދަލުނުވާނެ ކަމަށެވެ. އެހެންނަމަވެސް ދަންނަވަން ޖެހެނީ ރައްޔިތުންނާއި ގާތުން ހުޅުވާލެވިގެން މަސައްކަތް ކުރާ ބަޔަކަށް ފަނޑިޔާރުގެ މިހާރު ވެފައިވާ ކަމަށެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއި އެކު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ޝަރީއަތްތައް ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ލައިވް ކުރަންފަށާފަ އެވެ. ހަމަގައިމުވެސް މިއީ މިނިވަންކަމާއި ދެފުންފެންނަ ނިޒާމެއް ގާއިމު ކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށް ފަނޑިޔާރުގެއިން ނިންމި މުހިންމު ނިންމުމަކަށް ނޫނީ ނުވެއެވެ.

އަދުލުއިންސާފާ ގުޅޭ ގިނަ ވައުދުތައް ފުއްދިއްޖެ!

"އިންސާފު ގާއިމު" ކުރުމާއި "އިންސާފު ލިބިދިނުމަކީ" މި ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެގޮތުން އިންސާފު ގާއިމު ކުރުމަށް ވެފައިވާ ވައުދު ތަކާއި, އިންސާފު ލިބޭނޭކަން ކަށަވަރު ކުރުމަށް އަދި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ވެފައިވާ ވައުދުތަކެއް އެބަހުއްޓެވެ.

އެގޮތުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމާއި ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތްތަކަކީ މިނިވަންކަމާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށްދާ މަސައްކަތެއްކަން ކަށަވަރު ކުރުމަށް ގާނޫނު އިސްލާހު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ.

އެގޮތުން އެ ވައުދުތައް ފުއްދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް ވަނީ އިސްލާޙު ގެނެސްފައެވެ. އެގޮތުން އެ އިސްލާހުގެ ތެރެއިން ޕީޖީ އަކީ މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު މަސައްކަތް ކުރާ ފަރާތެއްކަން ކަށަވަރު ކޮށްދީފައިވެ އެވެ. މީގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ.

މީގެ އިތުރުން ސަރުކާރު ކޯލިޝަންގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބާކައުންސިލް އުއްފެއްދުމާއި ކުށްކޮށްފައިވާ ފަރާތްތައް އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުން ފަދަ ކަންކަން ސަރުކާރުގެ ފަރާތުން އަންނަނީ ތަންފީޒުކޮށް ކުރަމުންނެވެ.

މީގެ ތެރެއިން ސަރުކާރަށް އަދި ނުފުއްދި އޮތް ވައުދެއްގެ ގޮތުގައި އޮތީ ޕަބްލިކް ޑިފެންޑާޒް އޮފީސް ގާއިމު ކުރުމުގެ ވައުދެވެ. އެހެންނަމަވެސް އެ ވައުދުވެސް ފުއްދުމަށް ސަރުކާރުގެ ފަރާތުން ބިލު ޑްރާފްޓް ކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަނީ ހާމަކޮށްފަ އެވެ.

މުހިންމު މައްސަލަތައް!

ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ނަމަވެސް, ޝަރުއީ ނިޒާމުގެ ތެރެއިން ނިމޭ ބައެއް މުހިންމު މައްސަލަތަކަކީ އެކަންކަމާއި ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލަތަކެވެ. އެހެންކަމުން ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި ޝަރުއީ ނިޒާމުގެ ތެރެއިން ނިންމާފައިވާ ބައެއް މުހިންމު ނިންމުންތަކަށް ބަލާލާނަމެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ, މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް ބޭނުންވެ ތިބި ކަމެކެވެ.

your imageއަހުމަދު އަދީބު--

އެގޮތުން ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކަންކަމަށް އިއުތިރާފްވެ އެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވިގެން ދިޔައީ މި ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެއީ ޝަރުއީ މަރުހަލާގެ ތެރެއިން ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި ނިމުނު މުހިންމު މައްސަލަ އެވެ.

މީގެ އިތުރުން ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ދިން ލަފަ އެވެ. އެ ލަފައަކީ ސަރުކާރާއި މަޖިލީހާއި ދެމެދު އުފެދުނު ހިޔާލު ތަފާތު ވުމަކަށް ނިމުމެއް ގެނައި މުހިންމު ލަފައެއްކަން ފާހަގަކުރެވެ އެވެ.

ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުކުރުމަށް އަދި އެ ނިޒާމުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރެވޭނެ ކަން ކަށަވަރުކޮށް ދެފުށްފެންނަ ނިޒާމެއް ގާއިމު ކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަވާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް