ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
އަދުރޭ ނަޝީދުއަށް: "ނުފޯރާފޮތިން ފޫގެޅީމާ ބަލާމީހުންޖެހޭނީ މޫނުގައި އަތްއަޅަން"
މިސަރުކާރުން ނުފޯރާފޮތިން ފޫގަޅަން އުޅުނީ ބަލާމީހުން ޖެހޭނީ ލަދުން މޫނުމަތީގައި އަތްއަޅަން ކަމަށް ޕީއެންސީގެ ރައީސް އައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

އަދުރޭ މިހެން ވިދާޅުވީ، މިސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން މިއަދު ހަވީރު ކުއްލިގޮތަކަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން އަދުރޭވަނީ، މިއަދު ހަވީރު އެމްޑީޕީން ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ރައީސް ނަޝީދު ދެއްކި ވާހަކަފުޅައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ، ނުފޯރާފޮތިން ފޫގަޅަން އުޅުނީމާ ދެން ބަލަންތިބޭ މީހުން ޖެހޭނީ މޫނުމަތީ އަތްއަޅަން ކަމަށާއި، މިއަދު ރައީސް ނަޝީދު އެކުރެއްވީ އެފަދަ ކަމެއް ކަމަށެވެ. 

އަދުރޭ ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓު ކަމުނުދާ ކަމަށާއި އެއީ ހުތުރު ބަޖެޓެއްކަމަށް ނަޝީދު އަމިއްލަފުޅަށް އިއުތިރާފް ވެފައިވާކަމަށާއި، ނަމަވެސް ބަޖެޓު ކަމުނުދިއުމުން ދެން ހެއްދެވިހާ ދޮގެއް ހެދިކަމުގައި ވިޔަސް ދިވެހި ރައްޔިތުންގެ ތެރޭގައި ބަޖެޓަކީ ކޯޗެއްކަން ދެނެވަޑައިގަންނަވާ ބޭފުޅުން އެބަތިބި ކަމަށެވެ. އެގޮތުން ބަޖެޓު އެކުލަވާލާ ގޮތާއި، ބަޖެޓުގެ ދަރަންޏާއި އަރައި ދެނެވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންގެ ތެރޭގައި އެބަތިބި ކަމަށް އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ، ކިތަންމެ ވަރަކަށް ބާރުލާފައި ވާހަކަދެއްކެވި ކަމުގައިޔަސް އަންނަ އަހަރަށް ސަރުކާރުން އެކުލާވާލަފައިވާ ބަޖެޓަކީ ކަމުދާ ބަޖެޓެއް ނޫން ކަމަށެވެ. އެގޮތުން 34 މިލިއަނުގެ ބަޖެޓެއްގައި 33 މިލިއަން ދަރަނި، ނުވަތަ ހަރަދު އޮތީމާ އެ ބަޖެޓު ދެކޮޅު ނުޖެހޭނެކަމަށް އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ، ސަރުކާރުން ކިތަންމެ ހިތްހަމަ ނުޖެހުނުކަމުގައި ވިޔަސް އަންނަ އަހަރުގެ ބަޖެޓު ރައްޔިތުން ބަލައި ނުގަންނާނެކަމަށެވެ. 

ބަޖެޓާއި ގުޅިގެން އެމްޑީޕީގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓްގައި ފެންނާންހުރި ކަންކަން ހުތުރު ކަމަށާއި އެހުތުރުކަމަކީ މި ސަރުކާރުން ގެނައި ހުތުރުކަމެއް ނޫން ކަމަށެވެ. އެގޮތުން އެކަން އެގޮތަށް ދިމާވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ދަރަނި މި ސަރުކާރަށް ދައްކަން ޖެހުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް