ads
ތޫފާން އައޯޓާގެ އަސަރުކޮށްފައިވާ ނިކަރާގުއާގެ ސަރަހައްދެއް--- ފޮޓޯ: ބީބީސީ
ތޫފާން އައޯޓާ އާއި އެކު ނިކަރާގުއާގެ ބައެއް ސަރަހައްދުތަކަށް ގެއްލުން ވެއްޖެ
ދެ ހަފްތާ ފަހުން ނިކަރާގުއާ އަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް އަރައިފި އެވެ.

ބޯ ވިއްސާރަ އާއި ބާރުގަދަ ވަޔާއި އެކު ނިކަރާގުއާގެ ސަރަހައްދުތަކަށް 4 ވަނަ ކެޓަގަރީގެ ބާރުމިނުގައި އެރި ތޫފާން އައޯޓާގެ ސަބަބުން ބައެއް ހިސާބުތަކަށް ގެއްލުން ލިބިފައިވާ އިރު، ހޮސްޕިޓަލެއްގެ ފުރާޅެއްވެސް އެއްލާލާފައިވާ އިރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ގެތަކަށް ގެއްލުން ވެފައިވާ އިރު، ގިނަ ގޭބިސީތަކުގެ ފުރާޅުތައް އެއްލާލާފައިވެ އެވެ.

އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ބަލި މީހުންނާއި، އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، ތޫފާނުގެ ސަބަބުން ކާބޯތަކެތި ލިބުމުގައި ދަތިތަކެއް އުޅެދާނެ ކަމުގެ ބިރު އެބައޮތެވެ.

އެމެރިކާގެ ހަރިކޭން ސެންޓަރުން ބުނާ ގޮތުގައި ތޫފާން އައޯޓާ ދެ ވަނަ ކެޓަގަރީ އަށް ދަށްވެފައިވީ ނަމަވެސް ބޯ ވާރެއާއި ބާރުގަދަ ވަޔާއި އެކު ތޫފާން ނުރައްކާތެރި ވެދާނެ ކަމަށެވެ.

އެމެރިކާގެ ހަރިކޭން ސެންޓަރުން ވަނީ ނިކަރާގުއާ އަށް ތޫފާން އެރުމުގެ ކުރިން ކެޓަގަރީ ފަހެއްގެ ތޫފާނަކަށް ބާރުގަދަވެފައިވީ ނަމަވެސް، އެ ގައުމަށް ތޫފާން އެރި ވަގުތު ހަތަރު ވަނަ ކެޓަގަރީ އަށް ދަށްވެފައިވާ ކަން ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް