ads
މެޖިސްޓްރޭޓް މުލްހާ އަލީ ފޮޓޯ: އަވަސް.އެމްވީ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ވަނީ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަނުގެ 85 ވަނަ ބައްދަލުވުމުގައި ނިންމާފައެވެ.

 ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް މުލްހާ އިސްތިއުފާ ދެއްވާފައިވަނީ އޭނަ ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް ކަމަށެވެ.

އެނގިފައިވާގޮތުން މުލްހާ އިސްތިއުފާ ދެއްވާފައިވަނީ ޖޭއެސްސީން އޭނާގެ މައްސަލަތަކެއް ބެލުމަށް މެޖިސްޓްރޭޓް ކަމުގެ މަގާމުން ޖުލައި މަހުގެ ހަވަނަ ދުވަހު ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން އޮފީހަށް ނިކުންނަން ފެށިތަނާއެވެ. ޖޭއެސްސީން މުލްހާއާ ގުޅިގެން ބަލާފައިވަނީ ފުލުހުން ހިންގި ތަހުގީގަކަށް ހުރަސް އަޅައި ހެކި ނައްތާލުމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް މައުލޫމާތު ލިބެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް