ads
ޔޫތު މިނިސްޓަރު މަހްލޫފާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް--- ފޮޓޯ: ޔޫތު މިނިސްޓްރީ
ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ މައްސަލަ ހައްލު ކުރަން އޮނިގަނޑެއް އެކުލަވާލަނީ
ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާވާ ހިންގުމަށް އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. 

ދެ މިނިސްޓްރީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ހިންގޭ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ އަދާކުރުމާއި ވިޔަފާރި ކުރުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާއި، އަތޮޅުތަކުގައި ތިބޭ ޒުވާނުންނަށް ދިމާވާ ދަތިތައް ފާހަގަކޮށް އެ ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާނުކުރާ ޒުވާނުންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮނިގަނޑެއް އެކުލަވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ހިމެނޭ ގޮތަށް ކޮމިޓީ އެއް އެކުލަވާލައި، މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މިއަދު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް