ads
ތާރާ ސުތާރިއާ
ގިނަ ބައެއްގެ ހިތްތައް ކަތިލި ތާރާ ރާއްޖޭގައި
ސްޓޫޑަންޓް އޮފް ދަ އިޔާ ދެ އަކުން ބޮލީވުޑަށް ތައާރަފުވި ތާރާ ސުތާރިއާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
Advertisement

ތާރާގެ ރީތިކަމުގެ ސަބަބުން ގިނަ ބަޔަކަށް އޭނާ ކަމުގޮސްފައިވާއިރު ދިވެހިންގެ ތެރޭގައި ވެސް ތާރާ ރީތިވެގެން އުޅޭ އެތައް ބަޔަކު އެބަ އުޅެ އެވެ. 

މިއަދު ތާރާއަސް 25 އަހަރު ފުރޭއިރު އުފަން ދުވަސް ފާހަގަކުރަން ތާރާ ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ، އާދާރު ޖެއިންއާއެކު ކަމަށް ވެ އެވެ. އިއްޔެ އިންސްޓްގަރްމު ސްޓޯރީޒް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ވީޑިއޯއާއި ފޮޓޯ ހިއްސާކޮށްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެ އެވެ. 

އާދަރްއާ ރައްޓެހިވެގެން އުޅޭކަން ތާރާ ކަށަވަރުކޮށްދިނީ ވަރަށް ފަހުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އާދަރްއަށް 26 އަހަރުވުމާއި ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުވި މެސެޖުގައި ވަނީ ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފަ އެވެ. 

ރާޖު ކަޕޫރުގެ ކާފަ ދަރިފުޅު، އާދަރަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ އަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަ ކިޔާފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް