ads
ފިޔަވަތި-- ވީނިއުސް
މިދިޔަ މަހު ތިން ކުއްޖަކާ ދައުލަތުން ހަވާލުވި
ދައުލަތުގެ ރައްކާތެރިކަމާ އަޅާލުން ބޭނުންވާ 206 ކުދިން މި ވަގުތު އެބަ ތިބި ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޮކްޓޫބަރު މަހު މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު މިއަދު އާއްމުކޮށްފައި ވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޖުމްލަ ކުދިންގެ އަދަދަކީ 206 އެވެ. 

އެގޮތުން އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު ތިން ކުއްޖަކު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން އެ މަހުގެ ތެރޭގައި އެއް ކުއްޖަކު ރީއިންޓަގްރޭޓް ކުރެވިފައި ވެއެވެ.

މިދިޔަ މޭ މަހު ގެޒެޓު ކުރި ރީއިންޓަގްރޭޝަނާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އެކަމުގެ މަގްސަދަކީ "ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ މަޞްލަޙަތަށް ފައިދާ ހުރީ އެ ކުދިންގެ ޢާއިލާތަކާއެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާ ނަމަ، އެ ކުދިންގެ ޢާއިލާތަކާ ހަވާލުކޮށްގެން އެ ކުދިން ރީ-އިންޓެގްރޭޓް ކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. 

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން މިހާރު ބަލަހައްޓަމުން ދަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ. 

ކުދިން އަނބުރާ އާއިލާއަށް ހަވާލުކުރުމަށް ހިންގާ ރީއިންޓަގްރޭޝަނުގެ އިތުރުން ފޮސްޓާ އާއިލާތަކާ ކުދިން ހަވާލުކުރުމުގެ އުސޫލެއް ވެސް މިހާރު އޮވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް