ads
ފޮޓޯ: ފުލުހުން
ފައިސާ ދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވި މީހަކު ހޯދަނީ
މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު، ފައިސާ ދެއްކި ކަމަސް ބުނެ ސައްހަ ނޫން ބޭންކް ސްލިޕެއް ފޮނުވި މީހަކު ހޯދަން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ ތިން ވަނަ ދުވަހު މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު، ފައިސާ ދެއްކި ކަމަށް ސައްހަނޫން ބޭންކް ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަމުން އަންނަ ކަމަށެވެ. 

އެގޮތުން ފުލުހުން އާންމުކުރި ވީޑިއޯ އިން ފެނިގެންދަނީ ދަބަހެއް އަޅުވައިގެން ހުރި ފިރިހެނަކު ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު، ފައިސާ ދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވުމަށް ފަހު ފިހާރައިން ނިކުމެގެންދާ މަންޒަރެވެ. 

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅާއި މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ. 

މީގެ ކުރިން ވެސް އެކި ފިހާރަތަކުން ސައްހަ ނޫން ސްލިޕްތައް ފޮނުވި މައްސަލަތައް ފުލުހުން ބަލާފައިވެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް