ads
ދޯންޏަކުން ފެލިވަރަށް މަސްކިރަން ތައްޔާރުވަނީ-- ފޮޓޯ: ދިވެހި މަސްވެރިން
މަސްވެރިންގެ ޝަކުވާތަކަށް ނިމުމެއް ނެތް!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯއްދަވައިދެއްވާނޭ ކަމުގެ ވައުދާއި އެކު އެވެ. ގައުމުގެ ލޭނާރު ކަމުގައިވާ އަދި އެތައް ދިވެހި އާއިލާތަކެއްގެ ދިރިއުޅުމާ ގުޅިފައިވާ މަސްވެރިކަމަށް އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެހެން ނަމަވެސް މިސަރުކާރަށް 2 އަހަރު ވެގެން ދިޔައިރު މަސްވެރިންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހިތްހަމަނުޖެހުމެވެ. މަސްވެރިންނަށް އެމީހުންގެ ހައްޤުމިންވަރު ހޯދައި ނުދެވި ސަރުކާރާއި މެދު އެމީހުން ތިބީ ފޫހި ވެފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށްވެސް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިންގެ ހިތްހަމަ ނުޖެހުމެވެ. މަސްކިރުމަށް ފަހު ފައިސާ ނުލިބުމާއި ކިރާ މަސްކޮޅަށް ހަމަ އަގު ނުލިބުމަކީ އެމީހުންގެ އޭރުގެވެސް ޝަކުވާއެވެ. 

މިސަރުކާރު އައިސްގެން ދެ އަހަރުވާން ކައިރިވެފައިވަނިކޮށް ކިރާ މަސްކޮޅަށް ފައިސާ ލިބޭނޭކަން ކަށަވަރު ކުރެވުން ވެގެން ދިޔައީ މަސްވެރިންނަށް ކޮންމެވެސް ވަރެއްގެ ހިންހަމަ ޖެހުމެއް ލިބުނު ކަމެކެވެ. އެހެން ނަމަވެސް ކިރާ މަސްކޮޅަށް ހަމަ އަގު ހޯދައިދިނުމަށް އަދި ވެސް މިސަރުކާރު ވަނީ ނުކުޅެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް