ads
އިންޑިއަން ސުޕަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން
އިންޑިއަން ސުޕަރ ލީގު މިއަދު ފަށަނީ
އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާގެ މެޗުން، އިންޑިއަން ސުޕާ ލީގު މިއަދު ފަށާނެއެވެ.

ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ އިންޑިއަން ސުޕާ ލީގުގެ ކުޅުން ކޮވިޑުގެ ނުރައްކަލާހުރެ މިއަހަރު އޮންނާނީ ގޯއާގައެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ މެޗެއްވެސް ކުޅެވޭނީ އާއްމުކޮށް ސަޕޯޓަރުންނަށް ހުޅުވާނުލައެވެ. އެހެންނަމަވެސް ދުނިޔޭގެ އަށްޑިހަ ދެ ގައުމެއްގައި މުބާރާތް ލައިވްކޮށް ދައްކާނެއެވެ. 

އިންޑިއާގެ އެގާރަ ސްޓޭޓަކުން އެގާރަ ޓީމު ވާދަކުރާ މި ލީގުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ މޮޅުވާ ހަތަރު ޓީމެއް ޕްލޭ އޮފް ސެމީ މެޗުތަކެއް ކުޅޭނެއެވެ. 

މުބާރާތް ހުޅުވާ މެޗުގައި ހުކުރު ދުވަހުގެ ރޭ ވާދަކުރާނީ އިންޑިއަން ސުޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކޯ ޑި ކޮލްކަތާ- އޭޓީކޭއާ އައި ލީގުގެ ޗެމްޕިއަން މޯހަން ބަގާން އެއްކޮށްލައިގެން އުފައްދާފައިވާ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާ އެވެ. މީގެ ތެރެއިން އޭޓީކޭ މޯހަން ބަގާންއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ ޓީމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް