ޝެއިހް އިމްރާން ދައްކާ ވާހަކަ އަޑު ނާހަން އިލްމުވެރިންނަށް އަދުރޭ ގޮވާލައިފި
22 ނޮވެންބަރ 2019 - 23:47:23
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އިލްމުވެރިއެއް ނޫން ކަމަށާއި އިމްރާން ދައްކަވާ ވާހަކަތައް އަޑު ނޭހުމަށް ރާއްޖޭގެ އިލްމުވެރިންނަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފި އެވެ.

ކާނިވާ ސަރަހައްދުގައި ޕީޕީއެމް/ ޕީއެންސީން "ހިބަރު ވަދު" ގެ ނަމުގައި ކުރިއަށް ގެންދާ ޖަލްސާގައި އަބްދުއްރަހީމް ވަނީ ޝެއިހް އިމްރާން ދީނީ ދަރުހެއް ދީފައިވާ އަޑު އަހާފައި ނުވާ ކަމަށާއި އަދި އިމްރާން ދީން ދެކެ ލޯބިވެ ނުލައްވާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ.
އޭގެ އިތުރުން ޝެއިހް އިމްރާނަކީ ސިޔާސީ މީހެއް ކަމަށާއި ސިޔާސީ ގޮތުން ކޮންމެ ފަދަ ކަމެއް ކުރައްވަފާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އިމްރާން ދައްކަވާ އެއްވެސް ވާހަކައެއް ގަބޫލު ނުކުރުމަށް ދީނީ އިލްމުވެރިންގެ ކިބައިން އަދުރޭ އެދިވަޑައިގަތެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި ޝެއިހް އިމްރާން ވަނީ ސަރުކާރުގެ ތެރެއިން ގޯހުންދާ ކަންކަމަކީ ނަޝީދު ކުރައްވާ ކަމެއްގެ ގޮތުގައި އިލްމުވެރިން ކައިރީ ވިދާޅުވެފައި ނަމަވެސް އެކަމަކީ ނަޝީދާއި ރައީސް ސޯލިހު ގުޅިގެން ކުރިއަށް ގެންދަވާ ކަންތައްތަކެއް ކަމަށާއި ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ހީނަރުވި ކަމަށް އަޑުތައް ފެތުރުން ނަމަވެސް ގުޅުން ގޯސް ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ވެސް އަބްދުއްރަހީމް ވަނީ ރައީސް ސޯލިހަށް ވެސް ތުހުމަތުތަކެއް ކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް