ads
ޒަވާހިރި (ކ) އުސާމާ ބިއްލާދިން--
އަލްގައިދާގެ ލީޑަރު ޒަވާހިރީ މަރުވެއްޖެ
އަލްގައިދާ ލީޑަރު އައިމަން އަލް ޒަވާހިރީ މަރުވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ޒަވާހިރީ މަރުވެފައިވާކަމަށް ޕާކިސްތާނާއި އަފްގާނިސްތާން ގުޅޭ ސަރަހައްދުގެ ބޯޑަރު ބަލަހައްޓާ ޕާކިސްތާންގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ބުނެފައެވެ. ޕާކިސްތާނުގެ އޮފިޝަލުން "އަަރަބް ނިއުސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ މީގެ މަހެއްހާ ދުވަސް ކުރިން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ އޮފިޝަލަކު "އެސޯސިއޭޓެޑް ޕްރެސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޒަވާހިރީ މަރުވެފައިވާ ކަމުގެ ހަބަރު ލިބިފައިވީ ނަމަވެސް އަދި އެމައުލޫމާތު ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.

އަދި ޕާކިސްތާންގެ ސިވިލިއަން އިންޓެލިޖެންސް އޮފިސަރަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ޒަވާހިރީ މަރުވެފައިވާ ކަން އަދި ކަށަވަރު ނުވި ނަމަވެސް އޭނާގެ ހާލު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އޭނާގެ ކިޑްނީ ފެއިލްވުމުން ޑައިލަސިސް ނުހެދި އުޅޭތާ ވެސް ގިނަ ދުވަސްވެފައި ވާކަމަށް އޮފިޝަލު ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޒަވާހިރީ މަރުވެފައިވަނީ އެސްމާ އަށް ރަނގަޅު ފަރުވާއެއް ނުހޯދައި ގިނަދުުވަހު އުޅުމުގެ ސަބަބުންނެވެ.

ޒަވާހިރީ މަރުވުމުން އަލްގައިދާގެ ލީޑަރަށް ވާނެ ކަމަށް ބެލެވެނީ އެ ޖަމައަތުގެ ޝައުރާ ކައުންސިލް މެމްބަރެެއް ކަމުގައިވާ ސައިފް އަލް އާދިލް އެވެ. އޭނާ އަކީ އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ މޯސްޓް ވޯންޓެޑް ލިސްޓްގައި 2001 ވަނަ އަހަރުން ފެށިގެން ނަން އޮތް މީހެކެވެ. 

އަދި އޭނާ ހުރިތަން ހާމަ ކުރާ ބަޔަކަށް 10 މިލިއަން ޑޮލަރު ދޭން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް