ads
ރަކުލް ޕްރީތު ސިންގް
ފަތިހު ފަތިހާ ރަކުލް ހޭލީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރު ބަލަން!
މަޝްހޫރު ބަތަލާ ރަކުލް ޕްރީތު ސިންގް، އޭނާގެ މައިންބަފައިންނާއި ބޭބެއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މި ޗުއްޓީގެ ފޮޓޯތައް މިދަނީ ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ.

ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ވަރަށް ބޮޑަށް ގޮސް ހުސްވެފައި ހުރި ރަކުލް މިއަދު ފަތިހު ހޭލާއި، އޭނާގެ އިންސްޓްގްރާމު މެދުވެރިކޮށް ހިއްސާކުރީ ފަތިހުގެ ހިތްގައިމު މަންޒަރުގެ ވީޑިއޯއެކެވެ. އަދި ބުނީ އެހާ ފަތިހާ ހޭލީ، އެ ވިއު އެންޖޯއީކޮށްލުމަށް ކަމަށެވެ. 

your imageރަކުލްގެ އިންސްޓަގްރާމު--

އުމުރުން 30 އަހަރުގެ ރަކުލް، އިންސްޓަގްރާމު މެދުވެރިކޮށް އޭނާގެ 15.7 މިލިއަން ފޮލޯވަރުންނަށް ހިއްސާކުރި ފޮޓޯތަކަށް ބަލާއިރު ފެނިގެން ދަނީ މޫދަށް ނޫނީ ޕޫލަށް އެރިގެން އުޅޭ މަންޒަރެވެ. އެކަމަކު ޖަހާއި އެހެން ސަކަރާތްތައް އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ވެސް އަންނަނީ ހިއްސާކުރަމުންނެވެ. 

ރަކުލް އަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ފަންނާނެކެވެ. އަދި މިފަހުން ބޮލީވުޑުގައި ވެސް މަސައްކަތްކޮށްފައިވާއިރު އޭނާ ވަނީ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރް ދޭ" ގައި މަަސައްކަތްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފަ އެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް