ads
މޭޔަރު ޝިފާ ސަލްޓަން ޕާކުގައި--
ބިދޭސީން އަތުން ފީ ނެގުން ހުއްޓާލުމަށް ފަހު ސަލްޓަން ޕާކު އަލުން ހުޅުވައިފި
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހު ބަންދު ކުރި ސަލްޓަން ޕާކު، ނިއު ނޯމަލްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބިދޭސީންގެ އަތުން ނަގަމުން އައި އެންޓްރެންސް ފީ ނެގުން ހުއްޓާލުމަށް ފަހު މިއަދު އަލުން ހުޅުވައިފި އެވެ.
Advertisement

ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 ގެ ނިޔަލަށެވެ.

އަލުން ޕާކު ހުޅުވިއިރު، ބިދޭސީންގެ އަތުން ނަގަމުން އައި އެންޓްރީ ފީ ނެގުން ވަނީ ހުއްޓާލާފަ އެވެ. ޕާކުގައި އުޅޭއިރު މާސްކް އެޅުމަށާއި ގައިދުރުކަމަށް ސަމާލުކަން ދިނުމަށް މޭޔަރު ޝިފާ މުހައްމަދު އިއްޔެ ވަނީ އެދިވަޑައިގެންފައިވެ އެވެ. 

ޕާކު ތެރެ ސާފުކުރުމާއި ކޮވިޑް-19 ގެ މި ހާލަތުގައި ޕާކު ތެރެއަށް ވަންނަ ފަރާތްތައް ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ދައްކުވާދޭ ސައިން ބޯޑުތައް މިހާރު ވަނީ ބަހައްޓާފަ އެވެ. 

ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ރަސްރަނި ބަގީޗާގެ ނަމުގައި އެތަން ހުޅުވުއިރު، ބިދޭސީންނަށް ޕާކަށް ވަދެވެނީ 75 ރުފިޔާ ގެ ފީއެއް ދައްކައިގެންނެވެ.

އެކަމާ ގުޅިގެން ތަފާތު ކުރާ ކަމުގެ ތުހުމަތު ބޮޑުވި އެވެ. މި ސަރުކާރު އައިސް ޕާކުގެ ނަން އަލުން ވަނީ ސަލްޓަން ޕާކަށް ބަދަލުކޮށްފަ އެވެ. 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާއްމުކޮަށް އެއްވެ އު ޅޭތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭ ސީޓީގެ ޕާކުތަކާއި މައިޒާންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. 

އެހެންނަމަވެސް މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތައް މަދުވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން އޭރު އަޅާފައިވާ ގިނަ ފިޔަޅުތަކަކަށް ވަނީ ލުއިި ދީފައެވެ.

ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށް ނިންމި ނަމަވެސް އުސޫލްގައި ވާ ގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ބޭރަށް ނުދިޔުމާއި ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައި ވެއެވެ. 

ބޭރުގައި އުޅޭއިރު ވެސް މާސްކް އަޅާ އެހެން މީހުންނާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމުގެ އިތުރުން ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒާ ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މިއަދު އަލުން ސަލްޓަން ޕާކް ހުޅުވިއިރު، މިމަހު ވަނީ މާލޭގައި މިހާތަނަށް ހެދި އެންމެ ފުރިހަމަ ލޮނުޒިޔާރަތް ޕާކު ވެސް ހުޅުވާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް