ads
ކޮވިޑް ވެކްސިން
ޗައިނާގެ ކޮވިޑް ވެކްސިނެއް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ދީފި
ޗައިނާގެ ސައިނޯފާމުން އުފެއްދި ކޮވިޑް-19 ވެކްސިން ޓެސްޓު ކުރަން މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ދީފި އެވެ.

ޗައިނާ ސަރުކާރުގެ ހުއްދައާއެކު މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާއިރު، މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.

ވެކްސިން ދީފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނާއި، ޑިޕްލޮމެޓުންނާއި ދަރިވަރުންނަށެވެ. މި އެންމެންނަކީ ވެސް ބަލިމަޑުކަމުގެ ތެރޭގައި ގައުމުން ބޭރަށް ގޮސްފައިވާ މީހުންނެވެ. 

އެގޮތުން މި ވެކްސިން ދިން މީހުންގެ ތެރެއިން 56،000 އަށް ވުރެ ގިނަ މީހުން މިވަގުތު ތިބީ ޗައިނާއިން ބޭރުގަ އެވެ. ސައިނޯފާމުން ބުނެފައި ވަނީ ވެކްސިން މިހާތަނަށް ކާމިޔާބު ކަމަށެވެ. 

ޓްރާންސްނެޝަނަލް ކުންފުންޏެއްގެ 99 މުވައްޒަފުން ގައުމުން ބޭރުގައި އުޅެމުންދާ ކަމަށާއި އޭގެ ތެރެއިން 81 މީހުންނަށް ވެކްސިން ދިން ކަމަށް ވަނީ ބުނެފަ އެވެ. ކުންފުނީގެ އޮފީހުގައި ކޮވިޑް ފެތުރެން ފެށުމުން ވެކްސިން ނުދީ ތިބި 18 މީހުންގެ ތެރެއިން 10 މީހުން ބަލިވި ނަމަވެސް، ވެކްސިން ދިން އެއްވެސް މީހަކަށް ގޮތެއް ނުވާ ކަމަށް ސައިނޯފާމުން ބުނެ އެވެ. 

މީގެ އިތުރުން 10 ގައުމެއްގެ 60،000 މީހުންނަށް ދީގެން މި ވެކްސިންގެ ފޭސް ތިނެއް ޓެސްޓުތައް ދަނީ ކުރަމުންނެވެ. އެއީ ޔޫއޭއީ، ބަހްރެއިން، މިސްރު، އުރުދުން، ޕެރޫ އަދި އާޖެންޓީނާ އެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް