އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ދެ ގޯލުވެސް ޖެހީ ރޮނާލްޑޯއެވެ. ރޭގެ ނަތީޖާއާއި އެކު ޔުވެންޓަސްއިން ވަނީ އެއްވަނައިގަ އޮތް އޭސީ މިލާނާ ގާތަށް ޖެހިލާފައެވެ.
ޓޭބަލްގެ ދެވަނައިގައި ޔުވެންޓަސް އޮތީ އަށް މެޗު ކުޅެގެން 16 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގަ އޮތީ އޭސީ މިލާންއެވެ. އޭސީ މިލާނަށް ހަތް މެޗުން ސަތާރަ ޕޮއިންޓް ލިބިފައިވެއެވެ.
އިޓާލިއަން ލީގުގެ މެޗެއްގެ ކުރިން ޔުވެންޓަސްއިން ދެން ކުޅެން ޖެހޭނީ ޗެމްޕިއަންސް ލީގުގެ މެޗެކެވެ.