ads
ބާރްތި ސިން
މަޝްހޫރު ކޮމީޑިއަން ބާރްތީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
އިންޑިއާގެ ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނާއެކު ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއިން ދަނީ ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅުން ހުރި ކަންކަން ބެލުމުގެ ތެރެއިން ފެންމަތިވި ބޮލީވުޑްގެ ޑްރަގްގެ މައްސަލައިގައި ގިނަ އަދަދެއްގެ މަޝްހޫރް ތަރިންތަކެއް އެ ބިއުރޯއަށް ހާޒިރުކޮށް ސުވާލުކުރަމުންނެވެ.

އަދި ބައެއް މަޝްހޫރް މީހުންތަކެއް އެމައްސަލައާ ގުޅިގެން ހައްޔަރުވެސް ކޮށްފައިވާއިރު އިއްޔެ ވަނީ އެ މައްސަލައިގައި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބަރްތީ ސިން ލިންބާޗިއާ އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާ ހައްޔަރު ކޮށްފައެވެ. 

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާރްތީ އާއި އޭނާގެ ފިރިމީހާ ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އެ މީހުންގެ މައްޗަށް ކުރެވޭ ޑްރަގްގެ ތުހުމަތުތަކާ ގުޅިގެން، މުމްބާއީގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުން އިއްޔެ ކެނަބިސް ފެނިގެންނެވެ. 

އެ މައްސަލައިގައި އެ ދެމަފިރިން އެ ބިއުރޯއަށް ހާޒިރުކޮށް ސުވާލުކުރުމުން ދެމަފިރިން ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެފަކަމަށް ރިޕޯޓްތައް ބުނެއެވެ. 

ބޮލީވުޑްގެ މަސްތުވާތަކެތީގެ މައްސަލައިގެ ތެރެއިން މީގެ ކުރިންވެސް މަަޝްހޫރު އެތައް ތަރިންނަކާއި ސުވާލުކޮށްފައިވާއިރު އޭގެ ތެރޭގައި މަޝްހޫރް ފިލްމީ ތަރި ދީޕިކާ ޕަޑްކޮންއާއި ސާރާ އަލީ ހާން އަދި ޝަރްދާ ކަޕޫރް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް