ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް-- ފޮޓޯ: ސަން
ކުށެއް ކުރީމަ އޮރިޔާންކޮށް، ތަޅާ އަނިޔާކުރުން ކަނޑައެޅިގެން ގޯސް: މަހްލޫފް
ކުށެއް ކުރާއިރަށް އޮރިޔާންކޮށް، ތަޅާ އަނިޔާކުރުމަކީ ކަނޑައެޅިގެން ގޯސްކަމެއް ކަމަށް ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ ފަޅުގައި އަޅާފައި އޮތް ދޯންޏަކަށް ޒުވާނަކު އަރާއި ވައްކަން ކުރުމުން، އޭނާއަށް ދޯނީގައި ތިބީ މީހުން، އަނިޔާކޮށް މިފަހުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ. 

މިނިސްޓަރު މަހްލޫފް ވިދާޅުވީ ޖުމުލަކޮށް ކޮންމެ ދިވެހި އާއިލާއެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދަރިން އެބަތިބި ކަމަށެވެ. އަދި ގިނަފަހަރު އާއިލާއަށާއި މުޖުތަމައުއަށް ވެސް އެއީ އުދަނގޫ މައްސަލައެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ އެހެންވިޔަސް "އެމީހުން ކުށެއް ކުރީމަ އޮރިޔާންކޮށް ތަޅާ އަނިޔާ ކުރުން ކަނޑައެޅިގެން ގޯސް" ކަމަށެވެ. 

ވީޑިއޯ އިން ފެނިގެންދަނީ ގަމީސް ބާލުވާ، ޒުވާނާގެ ގައިގައި ތަޅާއި މަންޒަރެވެ. ކޮޅުފައިން ޖެހުމާއި އަތުގައި އޮތްހާ އެއްޗަކުން އޭނާގެ މުޅި ގައިގައި އަނިޔާކޮށްފައިވެ އެވެ. އަދި އަނިޔާދެމުންދަނިކޮށް ވައްކަން ކުރި ކަމަށް އެމީހާ އެއްބަސްވާ މަންޒަރު ވެސް ފެނެ އެވެ. 

އެ ވިޑީއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އަނިޔާ ދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ އެމީހުންނަށް ފާޑުކިޔާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް