ads
ރަޝިއާގެ ކޮރޯނާވައިރަސް ވެކްސިން-- ފޮޓޯ: ރޮއިޓާޒް
ކޮވިޑް ވެކްސިންތަކާ ބެހޭ ސިއްރު މައުލޫމާތު ވަގަށް ހޯދަން ހެކަރުން މަސައްކަތް ކުރަނީ
އެކި ގައުމުތަކުން އުފައްދަމުންދާ ކޮވިޑް-19 ވެކްސިންތަކާ ބެހޭ ސިއްރު މައުލޫމާތު ވަގަށް ހޯދަން ހެކަރުން މަސައްކަތް ކުރަމުންދާ ކަމަށް ސެކިއުރިޓީ ތަޖުރިބާކާރުން ބުނެފި އެވެ.

އެ ތުހުމަތު ކުރެވިފައި ވަނީ ޗައިނާ، ރަޝިއާ، އީރާން އަދި އުތުރު ކޮރެއާގެ ސަރުކާރުތަކާ ގުޅުން ހުރި ހެކަރުންނަށެވެ. 

ހެކަރުން މަސައްކަތް ކުރަނީ ވެކްސިން އުފެއްދުމާ ގުޅޭ ސިއްރު މައުލޫމާތާއި ޓެސްޓުތަކުގެ ނަތީޖާއާ ގުޅޭ މައުލޫމާތު ހޯދަން ކަމަށް ދަ ގާޑިއަން ނޫހުގައި ވެއެވެ. 

މިކަން ދިމާވެފައި މި ވަނީ ކޮވިޑަށް ރަނގަޅު ވެކްސިނެއް އުފެއްދުމުގެ ރޭހެއްގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވާދަކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 

އެ ތުހުމަތު ކުރެވިފައިވާ ގައުމުތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ރަޝިއާއިން ބުނީ ހެކަރުންނާ ބެހޭ މައުލޫމާތެއް ނުލިބޭ ކަމަށެވެ. ޗައިނާއިން ބުނީ ކޮވިޑް ވެކްސިނުގައި އެގައުމުން އުޅެނީ އެހެން ގައުމުތަކަށް ވުރެ ކުރީގައި ކަމަށާއި އެހެންކަމުން އެފަދަ ކަމެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އިރާނުން ވެސް އެކަން ދޮގުކޮށްފައި ވާއިރު އުތުރު ކޮރެއާއިން އެއްޗެއް ނުބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް