ads
ފިނޭންސް މިނިސްޓްރީ---
އިންކަމްސަޕޯޓް އެލަވަންސްގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތައާރަފް ކުރި އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަަކުގައި ވާގޮތުން، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 11,072 ފަރާތަކަށް ވަނީ 129.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ. 

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ އިތުރުން، އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން ސަރުކާރުން ގޭބިސީތަކުގެ ކަރަންޓު ބިލްތަކުން 48.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ އިރު، ފެން ބިލް ތަކަށް 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ އިސްލާހާއި އެކު، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގެ ފަހުން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށްވެސް އެލަވަންސްއަށް އެދި ހުށައެޅޭނެ އެވެ. ނަމަވެސް ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިއޮތީ މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް