މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓީވާޓް އާއެކު މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިއީ އެމްއޭސީއެލްގެ އެމްޑީ ގޯޑަން އެންޑްރޫ ސްޓީވާޓް، ޑިފެންސް މިނިސްޓަރާ ބައްދަލްކުރެއްވި ފުރަތަމަ ފަހަރެވެ.