ads
ހޯރަފުށީ އެއާޕޯޓް----
މި މަހު 26 ގައި ހޯރަފުށްޓަށް ދަތުރުތައް ފަށަނީ
މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހއ. ހޯރަފުށްޓަށް ދަތުރުތައް ފަށާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހޯރަފުށީ އެއާޕޯޓް ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.

މޯލްޑިވިއަން އިން މި މަހުގެ 26 ގައި ހޯރަފުށީ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އިރު، މާލެ އާއި ހޯރަފުށްޓާއި ދެމެދު ދުވާލަކު ތިން ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މިދިޔަ އަހަރުގެ މާޗް 29 ގައި 198 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓް ހުޅުވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހޯރަފުށީގައި ހެދިގެން ދިޔަ މި އެއާޕޯޓްގެ ސަބަބުން، އެ ރަށު ރައްޔިތުންގެ އިތުރުން މުޅި ބޮޑު ތިލަދުންމަތީގެ ރަށްތަކަށް މަންފާ ކުރާނެ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް