ދުބާއީ ދަތުރުގެ ވީޑިއޯތަކާއި ފޮޓޯތައް އަނަންޔާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެގޮތުން އަނަންޔާ އެންމެ ފަހުން ހިއްސާކުރި ފޮޓޯގައި ފެންނަނީ ދުބާއީ މަގެއްގެ މަތީގައި ބާގާ ކާން އިންނަ މަންޒަރެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "މިއީ އަހަންނަށް ބާގާއެއް ފެނުމުން ހަމަ ވާވަރު" ކަމަށެވެ.
ފޮޓޯއިން ފެންނަނީ ބާގާ ކަމުން އަނަންޔާ ރޯތަނެވެ. އަނަންޔާ ބުނީ ގިނަ ދުވަސްތަކަކަށް ފަހު ބާގާއެއް ކާލަން ލިބުމުން އުފަލުން ގޮސް ރޮވުނީ ކަމަށެވެ.
މަޝްހޫރް ތަރި ބޮލީވުޑްގެ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ އިޝާން އަހްތަރާއި އެކު ފިލްމް "ކާލީ ޕީލީ" އިންނެވެ.
ދެން އޭނަ ފެންނާނީ ވިޖޭ އާއި އެކު ފިލްމް "ފައިޓާ" އިންނެވެ.