ކިމް ބުނެފައި ވަނީ އެ ލަވަ އުފެދުނީ 30 ވަނަ އުފަންދުވަހުގެ ކާޑުގައި ކާންޔޭ ލިޔުނު ޅެމަކުން ކަމަށެވެ. ކިމް އިންސްޓަގްރާމުގައި ބުނީ ލަވައިގެ ޅެން ނުލިޔެވިގެން ކާންޔޭ ވަރަށް ގިނަ ދުވަހު އުޅުނު ކަމަށެވެ.
އެހެން އުޅެމުން ކާންޔޭ ވަނީ ކާޑުގައި ލިޔެފައިވާ ޅެން ބައިތަކީ އެ ލަވައަށް އެންމެ އެކަށޭނަ ޅެމެއް ކަމަށް ނިންމާ، އޭގެ މައްޗަށް ބިނާކޮށް ލަވަ ތައްޔާރުކޮށްފަ އެވެ.
އެއަށްފަހު އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއެއްގައި ކިމް ވަނީ އުފަންދުވަހުގެ ކާޑު ދައްކާލާފަ އެވެ. އެ ކާޑުގައި ވަނީ "ލޮސްޓް އިން ދަ ވޯލްޑް" ލަވައިގެ ފުރަތަމަ ޅެން ބައިތު ލިޔެފަ އެވެ.