ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ 53 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
އެ މަޝްރޫއުގެ ދަށުން 61،714 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 223 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ޑޮކް އެއް އެޅުން، އަދި 1،812 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރިއަށް ދާނެ އެވެ.
ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އަށް މިދިޔަ އަހަރުގެ އޮގަސްޓް 27 ގައި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާއިރު، މަޝްރޫއަށް ޖުމްލަ 47.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.