
ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއް ކަމަށެވެ.
ފަޅު ތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 09:43 ހާއިރު އެވެ. މޫދުން ނެގުމަށް ފަހު އެމީހާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ މަރުވެފައިވާ ކަމަށެވެ.
އެމީހާ މޫދުން ނަގާފައި ވަނީ ފުލުހުންގެ ޓޯޔާޑު ކުރިމަތިން ފަޅުތެރެއިންނެވެ. އެ ސަރަހައްދުގައި ތިބި ފުލުހުން ސީއެންއެމަށް މައުލޫމާތު ދިން ގޮތުގައި މޫދު ކައިރިން ޕޭމަންޓު މަތިން ހިނގާފައި ދިޔަ މީހަކު މޫދަށް ފުއްމާލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއަށް އަރަ އެވެ.
ނަމަވެސް އެއީ ކޮން އިރެއްގެ ވީޑިއޯ ފުޓޭޖެއް ކަމެއް ސާފެއް ނުވެ އެވެ.
އެމީހާގެ ހަށިގަނޑު މޫދުން ނެގިއިރު، އަނގައިން ފޮނުތަކެއް އަރާފައި ހުރި ކަމަށް އެތަނުގައި ތިބި މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ.