
އިންޑިއާގެ ނޫސްތަކުން ބުނީ އެ ބޭސްތައް ފެނުނީ އެ ދިވެހިންގެ ލަގެޖުން ކަމަށެވެ.
ގިނަ އަދަދެއްގެ ބޭސް އެކްސްޕޯޓު ކުރަން ހުއްދަ ބޭނުންވާއިރު، އެކަމުގެ އެއްވެސް ލިޔުމެއް އަދި ހުއްދައެއްވެސް އެ މީހުންގެ އަތުގައި ނެތް ކަމަށްވެސް އިންޑިއާގެ ކަސްޓަމްސްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެއެވެ. އިންޑިއާ ކަސްޓަމްސްއިން ބުނީ އެ ދެ މީހުންގެ ލަގެޖުން ފެނުނު ބޭހުގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސް އަށް އަރާނެކަމަށް ބެލެވޭކަމަށެވެ.
އިންޑިއާާ ކަސްޓަމުން ވަނީ އެ ދެމީހުން އަތުން ފެނުނު ބޭސްތައް އަތުލުމަށްފަހު އެ ދެމީހުން ރާއްޖެއަށް ފޮނުވާލާފައެވެ.
މި ދެ މީހުން އެހާ ގިނަ އަދަދެއްގެ ބޭސް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ސަބަބެއް ސާފުނުވާކަމަށްވެސް އިންޑިއާގެ ކަސްޓަމާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.
މި ދެ ދިވެހިންގެ އަތުން އަތުލި ބޭސްތައް ތަހުލީލުކޮށް، އޭގައި މަސްތުވާ ޒާތުގެ ބޭހެއް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާ ކަސްޓަމުން ބުނެއެވެ. އަދި މިއީ މިގޮތަށް ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯވެސް ބަލަމުން އަންނަ ކަމަށްވެސް އިންޑިއާ ކަސްޓަމްސްއިން ބުނެއެވެ.