ފުލުހުންބުނީ، ގަލޮޅުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު މިއަދުގެ 11:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެމީހާގެ ހަށިގަނޑު މިހާރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުންބިނީ ނިޔާވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ.
މިހާދިސާ އާއި ގުޅުންހުރި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަދު ހެނދުނު މާލެ ފަޅުތެރެއިންވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ. ޕޮލިސް ޓޯޔާޑް ކުރިމަތި ފަޅުތެރެއިން މަރުވައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް، އޭނާގެ ހަށިގަނޑުބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުންވަނީ ބުނެފައެވެ.