ads
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ޖޭއެސްސީ
3 މެޖިސްޓްރޭޓެއްގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލައިފި
ތިން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގައި ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. 

އެގޮތުން މައްސަލަ ބެލުމަށް ނިންމާފައިވަނީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް ބެއްލެވި މައްސަލައެއް ހިންގުމުގައި އަކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.

އަދި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް، ޖަމިއްޔާއެއް އުފައްދާ އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައެއްގެ އިތުރުން މުޒާހަރަތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލު ފާޅުކުރާކަމަށް ބުނާ މައްސަލަ އެކެވެ. 

އޭގެ އިތުރުން ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލު ދުއްވާކަމަށް ބުނާ މައްސަލައެއް ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް