ads
އާދަމް ޝަރީފް--
އިގްތިސާދަށް އަވަސް ހައްލު ހޯދޭނީ މަސްވެރިކަމުން: އާދަމް ޝަރީފު
މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްގެން، އިގްތިސާދީ ގިނަ މައްސަލަތަކަށް އަވަސް ހައްލެން ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދީ، މަސްވެރިކަމުގެ ސިނާއަތަށް އެދެވޭ ހޭދަ އާއި މަސައްކަތް ކޮށްގެން، އެ ސިނާއަތް އިތުރަށް ފުޅާކުރެވިއްޖެނަމަ ރާއްޖެއަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ބޮޑެތި ގިނަ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. 

އެގޮތުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރެވިއްޖެ ނަމަ، ވަޒީފާ ނެތުމުގެ މައްސަލަ އާއި، ޑޮލަރުގެ އަގު ބޮޑުމުގެ މައްސަލަ އާއި، ޖީޑީޕީ ގްރޯތް އާއި ޓްރޭޑް ޑެފިސިޓް އަށް، އަވަސް ހައްލެއް ލިބިގެން ދާނެ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް އާދަމް ޝަރީފް އުމަރު ވަނީ، މަސްވެރިންގެ ޝަކުވާތައް ގިނަ ކަމަށާއި، އެކަންކަމަށް ހައްލު ނުހޯދިއްޖެ ނަމަ ބޮޑެތި ގެއްލުންތައް ވާނޭ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން މަަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ގަރާރު ހުށަހެޅީ މަސްވެރިންގެ ޝަކުވާތައް އިތުރުވެފައިވާތީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް