ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ---ފޮޓޯ: ސަން
ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހު އަލުން ފަށާނެ: މިނިސްޓަރު އައިޝަތު އަލީ
ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިވާ ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހު އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާއިރު އެދެވޭ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. 

އެގޮތުން މެނޫއަށް ބަދަލު ގެނެއުން ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ ނާސްތާގައި ދަރިވަރުންނަށް ދެވޭ ކާނާ އެއީ މިންހެޔޮ ކާނާއަށް ހެދުމަށާއި، ކާނާ ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ސާފްތާހިރުކަން ދެމެހެއްޓުމަށް ކަމަށެވެ. 

ނާސްތާ ޕްރޮގްރާމްގެ އެދެވޭ ނަތީޖާ ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން މުޅި ސްކޫލް ކޮމިއުނިޓީގެ ފަރާތުން ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދަރިވަރުންނަށް ބަލާއިރު ދަރިވަރުންގެ ކިޔެވުމަށް ބަދަލުތަކެއް އަންނަން ފަށައިފިި މިހާރު، އެކުދިން ފިލާވަޅަށް އެދޭ ސަމާލުކަން އިތުރަށް ގަނޑިއަށް ސްކޫލަށް އައުން މިކަހަލަ ބަދަލުތަކެއް އަޅުގަނޑުމެންނަށް އެބަ ފެނޭ. ދެން ބެލެނިވެރިން ވެސް ހަމަ ވަރަށް ގަޔާވާ ޕްރޮގްރާމެއްގެ ގޮތުގައި ހަމަ މި ޕްރޮގްރާމް މި ފެންނަނީ. ދެން އަޅުގަނޑުމެން ސްކޫލް ރަށު ކޮމިއުނިޓީއަށް ބަލާއިރު އިގްތިސާދީ ގޮތުންވެސް ކުރިއެރުންތަކެއް އެބައާދެ"

މިނިސްޓަރު ވިދާޅުވީ އެގޮތުން ނާސްތާ ޕްރޮގްރާމް ފޯރުކޮށްދިނުމުގައި އަންހެނުން ކުރިއަރުވާ ކޮމިއުނިޓީތަކާއި، ޕީޓީއޭ ގްރޫޕްތަކުންވެސް ބައިވެރިވަމުންދާތީ އެބޭފުޅުންނަށްވެސް ލިބޭ މަންފާ އިތުރު ވެފައިވާ ކަމަށެވެ.  

ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެންމެ ފުރަތަމަ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ވަކި ސްކޫލްތަކެެއްގައި ކަމަށް ވީނަމަވެސް މިހާރު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް