ads
ވެކްސިން ޖަހަނީ--
ރަޝިޔާގެ ކޮވިޑް ވެކްސިން އެގައުމުގެ ރައްޔިތުންނަށް ހިލޭ
ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ވެކްސިން "ސްޕަޓްނިކް ވީ" އެގައުމުގެ ރައްޔިތުންނަށް ހިލޭ ލިބޭނެ ކަމަށާއި، ބައިނަލްއަގުވާމީ މާކެޓްގައި މީހަކަށް 20 ޑޮލަރުގެ ރޭޓުން ލިބޭނެ ކަމަށް ވެކްސިން އުފެއްދި ފަރާތުން ބުނެފި އެވެ.

ރަޝިޔާގެ އާރުޑީއައިއެފް "ސޮވެރެއިން ވެލްތް ފަންޑް"ގެ ވެރިޔާ ކްރިލް ޑިމިޓްރިއެވް ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ "ސްޕަޓްނިކް ވީ" ގެ އަގު ވާދަވެރި ވެކްސިން އުފައްދާ ފަރާތްތަކަށް ވުރެ އެތައް ގުނަ އަގުހެޔޮވާނެ ކަމަށެވެ. 

އިނގިރޭސި ވިލާތުގެ ބޭސް އުފައްދާ ކުންފުންޔެއް ކަމުގައިވާ އަސްޓްރަޒެނެކާ އާ އޮކްސްފޯޑް ޔުނިވާސިޓީ އިން ބުނާ ގޮތުގައި ކޮވިޑްގެ މިހާލަތުގައި އެކުންފުނިން އުފައްދާ ވެކްސިން ވިއްކާނީ ފައިދާ އާއި ނުލައެވެ. އަދި އެކަމުގައި މިހާރު ގައުމުތަކުގެ ސަރުކާރާއި އިންޓަނޭޝަނަލް ހެލްތް އޯގަނައިޒޭޝަންތަކާއި އެކު އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެގޮތުން އެކުންފުނިން އުފެއްދި ވެކްސިން 2.5 ޑޮލަރަށް ލިބޭނެ ކަމަށް އަސްޓްރަޒެނެކާ އިން ބުނެއެވެ.

ފައިޒާ އިން އުފެއްދި ވެކްސިން 20 ޑޮލަރަށް ލިބޭ އިރު މޮޑާނާ އިިން އުފެއްދި ވެކްސިން އުޅެނީ 25-15 ދެމެދު އަގެއްގަ އެވެ.  

ރަޝިޔާގެ އާރުޑީއައިއެފް އިން ބުނިގޮތުގައި ނޮވެމްބަރު 11 އާ ހަމަޔަށް ސްޕަޓްނިކް ވީ ގެ ފޭސް ތިނެއްގެ ޓްރައަލްގައި އެއްވެސް މީހެއްގެ ގައިން ސީރިއަސް ސައިޑް އިފެކްޓެއް ފެނިފައި ނުވެއެވެ. ނަމަވެސް ބައެއް ބައިވެރިންގެ ކިބައިން ކުރު މުއްދަކަށް ހުން އައުން ފަދަ އާދައިގެ ކަންކަން ފެންނަ ކަމަށް ބުނެފައިވެއެވެ.

ޑިމިޓްރިއެވް ބުނީ ސްޕަޓްނިކް ވެކްސިން އަކީ 95 ޕަސެންޓް އެފެކްޓިވް ވެކްސިނެއް ކަމަށް 18،794 މީހުން ބައިވެރިވި ކްލިނިކަލް ޓަރައަލް އިން އިނގޭ ކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް